ބަންގްލަދޭޝްގެ ކުއްޖަކު ސައިބާ ބުލީންނާ ދެކޮޅަށް ހެދި އެޕަށް އެވޯޑެއް

ސައިބާ ބުލީކުރުމާ ދެކޮޅަށް އެޕެއް ހެދި ސާދާތު--

ބަންގްލަދޭޝްގެ ފިިރިހެން ކުއްޖަކު ސައިބާ ބުލީންނާ ދެކޮޅަށް ހެދި އެޕަށް އެވޯޑެއް ލިބިއްޖެ އެވެ.

އުމުރުން 17 އަހަރުގެ ސާދާތު ރަހްމާން ހެދި އެޕާއެކު އޭނާއަށް ވަނީ އިންޓަނޭޝަނަލް ޗިލްރަންސް ޕީސް އެވޯޑް ލިބިފަ އެވެ.

އިންޓަނޭޝަނަލް ޗިލްރަންސް ޕީސް އެވޯޑަކީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.

ރަހްމާން ބުނީ އެ އެޕް ހެދުމުގެ ހިޔާލު އައީ އުމުރުން 15 އަހަރުގެ ކުއްޖަކު ބުލީގެ ޝިކާރަައަކަށް ވުމުން އަމިއްލައަށް މަރުވި ހާދިސައާ ގުޅިގެން ކަމަށެވެ.

އޭނާ ހެދި އެޕް މިހާރުވެސް ބަންގްލަދޭޝްގެ ޑިސްޓްރިކްޓެއްގައި ދިރިއުޅޭ 1800 އެއްހާ ފުރާވަރުގެ ކުދިން ދަނީ ބޭނުން ކުރަމުންނެވެ.

އެ އެޕް މެދުވެރިކޮށް ބުލީކުރާ މައްސަލަތައް ވޮލަންޓިއަރުންގެ ނެޓްވޯކަކަށް ފޮނުވެ އެވެ. އަދި އެ ވޮލަންޓިއަރުން އެ މައްސަލަތައް ފުލުހުން ނުވަތަ ސޯޝަލް ވޯކަރުންނާ ހިސާބަށް ގެންދެ އެވެ.

ސާދާތު ބުނީ ބަންގްލަދޭޝްގައި އިންޓަނެޓް ބޭނުންކުރާ ފުރާވަރުގެ ކުދިންގެ ތެރެއިން ދެބައި ކުޅަ އެއްބައި ކުދިންނަށް ސައިބަ ބުލީންނާ ކުރިމަތިވާ ކަަމަށެވެ. އަދި ބިރާއި، މައުލޫމާތުތައް ރަނގަޅަށް ނޭނގޭތީ އެކަންކަން ރިޕޯޓްކުރަން މީގެ ކުރިން ފަސް ޖެހޭކަމަށެެވެ.

ނޮބެލް ސުލްހައިގެ އިނާމް ހާސިލްކޮށްފައިވާ މަލާލާ ޔޫސުފްޒާއީވެސް ވަނީ އެ އެޕާ ގުޅިގެން ސާދާތަށް ތައުރީފްކޮށްފަ އެވެ. --ބީބީސީ

comment ކޮމެންޓް