ކޮވިޑްގެ ދެވަނަ ރާޅެއްގެ ބިރާއެކު ބަންގްލަދޭޝްގެ ސްކޫލްތައް ބަންދުކޮށްފައި އޮތް މުއްދަތު އިތުރުކޮށްފި

ބަންގަލްދޭޝްގެ ސްކޫލް ކުދިންތަކެއް--

ކޮވިޑްގެ ދެވަނަ ރާޅެއްގެ ބިރާއެކު ބަންގްލަދޭޝްގެ ސްކޫލްތައް ބަންދުކޮށްފައި އޮތް މުއްދަތު އިތުރުކޮށްފި އެވެ.

މީގެ ކުރިން ސްކޫލްތައް ބަންދުކޮށްފައި އޮތީ މާޗް މަހުން މިމަހުގެ 15 އާ ހަމައަށެވެ. ނަމަވެސް މިހާރު ވަނީ ޑިސެމްބަރު 19 އާހަމައަށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

ބަންގްލަދޭޝްގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ނިންމުން ނިންމީ ކޮވިޑްގެ ދަވަނަ ރާޅަކާއެކު އެއްވެސް ދަރިވަރެއްގެ ފުރާނައަށް ގެއްލުންވާތަން ފެންނަން ބޭނުންނުންވާތީ ކަމަށެވެ.

ބަންގްލަދޭޝްގައި ސްކޫލްކުދިންނަށް މިހާރު ފިލާވަޅުތައް ގެނެސްދެމުންދަނީ ޓީވީ މެދުވެރިކޮށެވެ. އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް ކިޔަވައިދެނީ އޮންލައިންކޮށެެވެ.

ބަންގްލަދޭޝްގައި މިހާތަނަށް 420،000 އަށްވުރެ ގިނަ ކޮވިޑް ކޭސްތައް ފެނިފައިވާއިރު ބަލީގައި 6140 މީހުން ވަނީ މަރުވެފަ އެވެ. އަދި މިފެށޭ ފިނަ މޫސުމާއެކު ބަލި އިތުރަށް ފެތުރިދާނެކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ބަންގްލަދޭޝްގައި މިމަހު ކޮވިޑްގެ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވެސް 1845 ކޭސް ފެނުނުއިރު 13 މީހުން ވަނީ މަރުވެފަ އެވެ.--- އަލްޖަޒީރާ--

comment ކޮމެންޓް