ގަލްފް ލެގޫން: ރިސޯޓުތަކާއި މެރިޓައިމް ސްކޫލެއް ހިމެނޭ ބޮޑު އިންވެސްޓްމަންޓެއް

ގަލްފް ލެގޫން ތަރައްގީކުރަން ފަޅު ހިއްކުމުގެ މަސައްކަތް އެސްއޭއެސްއީ ކުންފުންޏާ ހަވާލުކުރުން--

ޔޫއޭއީގެ ގަލްފް ކްރާފްޓު ކުންފުނިން މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.

ފަޅު ހިއްކުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އެސްއޭއެސްއީ ކޮންސްޓްރަކްޝަނާ އެވެ.

މިކަމާ ގުޅޭ އެމްއޯޔޫގައި ސޮއިކުރެއްވީ ގަލްފް ކްރާފްޓްގެ ޗެއާމަން މުހައްމަދު ހުސައިން އަލްޝާލީ އަދި އެސްއޭއެސްއީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހްމަދު އެވެ.

އެސްއޭއެސްއީ އަކީ އެނބޫދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށްގެންދިޔަ ކުންފުންޏެވެ. އެކުންފުންޏަށް ގަލްފް ލެގޫންގެ ފަޅު ހިއްކުމާއި ބޭރުތޮށިލުމުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 2023ގެ ނިޔަލަށެވެ.

އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ގަލްފްކްރާފްޓުގެ ޗެއާމަން އަލްޝާލީ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބޯޓު ބަންނަން ފެކްޓްރީއަކާއި އޮޑިފަހަރަށް ހާއްސަ މެރީނާއަކާއި ޒުވާނުން މިދާއިރާއިން ތަމްރީނުުކުރަން މެރިޓައިމް ސްކޫލެއްގެ އިތުރުން ރިސޯޓެއް ތަރައްގީކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

ގަލްފް ކްރާފްޓުގެ ޗެއާމަން މުހައްމަދު ހުސައިން އަލްޝާލީ--

މާލެ އަތޮޅު ކޮށްދިއްޕަރުގެ އުތުރަށް އޮންނަ މި ފަޅު ގަލްފް ކްރާފްޓަށް ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

comment ކޮމެންޓް