ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ގ.ދ. ތިނަދޫ. (ފޮޓޯ / ސްޓޫޑިއޯ33)

ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ އެރަށުގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގައިގެން މީހަކު ގެނައި ކަމަށެވެ.

އަނިޔާ ލިބުނީ ސައިކަލް ދުއްވަން އިން މީހާއަށްކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ހާދިސާގައި އޭނާގެ ފަޔަށް ގެއްލުންތަކެއް ލިބިފައިވާ ކަަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު އޭނާގެ ޓެސްޓުތައް ހަަދަމުންދާކަމަށާއި ސީދާ ފަޔަށް ލިބުނު ގެއްލުން އެނގޭނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި ސައިކަލާއި ކާރަށް ލިބުނު ގެއްލުންތަކެއް އަދި ނޭނގެއެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް