ބޮޑު ހިޔާނާތުގެ ޝަރީއަތްތައް ލައިވް ކުރަން ޕީޖީއިން ކްރިމިނަލް ކޯޓުގައި އެދިއްޖެ

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކްރިމިނަލް ކޯޓުގައި ހިނގާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށް ދުރަށް ދައްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، މި މަހުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތަކުގެ އަޑުއެހުންތައް ފެށޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ދެ ފުށް ފެންނަ ގޮތަށް ޝަރީއަތް ކުރިއަށްގެންދިޔުމަށް އެ އަޑުއެހުންތައް ލައިވްކޮށް ދުރަށް ދައްކަން އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގައި ލައިވްކޮށްފައި ވަނީވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ދެ ޝަރީއަތެވެ. އެއީވެސް ޕީޖީ އޮފީހުން އެދިގެންނެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގައި ލައިވްކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތެވެ.

comment ކޮމެންޓް