އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާއިން އަސްކަރީ ތަމްރީންތަކެއް ފަށައިފި

އިންޑިއާގެ ނޭވީގެ އުޅަނދެއް--

އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާ ގުޅިގެން ކަނޑުމަތީގެ ވަރުގަދަ އަސްކަރީފަރިތަކުންތަކެއް އިއްޔެ ފަށައިފި އެވެ.

މިއީ އެމެރިކާއިން ޗައިނާއާ ކުރިމަތިލުމުގެ ގޮތުން މިހާރު ގެންގުޅެމުންދާ ސިޔާސަތުގެ ދަށުން ބާއްވާ ތަމްރީން ތަކެކެވެ. އަދި މިއީ ފާއިތުވި 10 އަހަރު ތެރޭވެސް ބާއްވާ އެފަދަ އެންމެ ވަރުގަދަ ފަރިތަކުރުންތަކެކެވެ.

އެ ފަރިތަކުރުންތަކުގައި އިންޑިއާގެ ނޭވީގެ ފަސް އުޅަނދު ބައިވެރިވާއިރު ސަބްމެރިނެއްވެސް ހިމެނެެ އެވެ. އަދި އެމެރިކާގެ ޖޯން މެކެއިން މިސައިލް ޑިސްޓްރޯޔާއާއި ޖަޕާނުގެ ޑިސްޓްރޯޔާ އަދި އޮސްޓްރޭލިއާގެ ބަލަރަޓް ފްރިގޭޓް ބައިވެރިވެ އެވެ.

ޗައިނާއިން ބުނީ މިއީ އެމެރިކާއިން އަނެއްކާވެސް ކުރިފަޅުވައިގެން އުޅޭ ފިނި ހަނގުރާމައެއް ކަމަށެވެ.

ވަރުގަދަ ފަރިތަކުރުންތަކެއް ފެށިއިރު ޗައިނާގެ ލީޑަރު ޝީ ޖިން ޕިން ދާދި ފަހުން ވަނީ އެގައުމުގެ ސިފައިން ހަނގުރާމައަކަށް ތައްޔާރުވެ ތިބުމަށްވެސް ގޮވާލައްވައިފަ އެވެ.

ޗައިނާއާ އިންޑިއާގެ ދެމެދުގައި ފަހަކަށް އައިސް މަޝްރަހު ގޯސްވެފައިވާއިރު ބޯޑަރު ކައިރީ ހިނގި ހަމަނުޖެހުމެއްގައި ޗައިނާއިން ދާދި ފަހުން ވަނީ އިންޑިއާގެ ގިނަ ސިފައިންތަކެއް މަރާލައިފަ އެވެ.

ދާދި ފަހުން ރަޝިއާއިން ވަނީ އެގައުމާއި ޗައިނާއާ ދެމެދު މިލިޓަރީ "އެލަޔަންސް" ގާއިމްކުރުމާ ގުޅޭ އިޝާރާތެއްވެސް ދީފަ އެވެ. ނަމަވެސް މިވަގުތު އެފަދަ ވިސްނުމެއް ނެތް ކަަމަށާއި ނަމަވެސް ފަހުން އެފަދަ އެލަޔަންސްއެއް ގާއިމްކުރުމަކީ ވެދާނެކަމަށްވެސް ރަޝިއާއިން ބުންޏެވެ.

މީގެ ކުރިން ފުރަަތަމަ ބޮޑު ހަނގުރާމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މިލިޓަރީ އެލަޔަންސްތައް އެކި ގައުމުތަކާ ދެމެދު ގާއިމްކުރި އެވެ. އެގޮތުން މިލިޓަރީ އެލަޔަންސްގައި ހިމެނޭ ގައުމަށް އެހެން މިލިޓަރީ އެލަޔަންސްގެ ގައުމަކުން ހަމަލާ ދީފިނަމަ އެ ގައުމާ ދެކޮޅަށް އެ މިލިޓަރީ އެލަޔަންސްއެއްގައި ހިމެނޭ ހުރިހާ ގައުމުތަކުން ނިކުމެ ހަނގުރާމަކޮށްފައިވެ އެވެ. -- ރޮއިޓާސް

comment ކޮމެންޓް