ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބްރޮޑްކޮމްގެ މެންބަރުން ---

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، އޭނާ ވަނީ މިިދިޔަ ބުދަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން، މިހާރު ބްރޯޑްކޮމްގެ މެމްބަރު ކަމުގެ ގޮނޑިއެއް ވަނީ ހުސްވެފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ބްރޯޑްކޮމްގެ މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށް ޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް