ތިލަފުއްޓާއި ގުޅީފަޅުން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ދެ ދެރަށުގެ ފަޅުތެރޭ އަޅާފައިވާ އުޅަނދެއްވާނަމަ އެތަކެތި ނެގުމަށް އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ތިލަފުއްޓާއި ގުޅީފަޅުން ބިން ކުއްޔަށް ނަގައިގެން އުޅޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން އެ ދެރަށުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް 90 ދުވަހުގެ ތެރޭގައި ނެގުމަށް އަންގާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގާނަމަ، އެޗްޑީސީ އިން އެތަކެތި ނަގާނެ ކަމަށާއި އުޅަނދުތައް ނެގުމުގެ ތެރޭގައި އުޅަނދަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެޗްޑީސީ އިން ނުނަގާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ގުޅީފަޅައި ތިލަފުށި މެނޭޖުކުރުމަށް ހަދާފައިވާ ގްރޭޓާމާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި އެޗްޑީސީ އެއްކޮށްލާ ތިލަފުއްޓާއި ގުޅީފަޅު މެނޭޖުކުރުން އެޗްޑީސީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.