އެލާޑީން ލޭމްޕް ކަމަށް ބުނެ، 41،000 ޑޮލަރަށް ލޭމްޕެއް ވިއްކާލައިފި

ލޭމްޕް ވިއްކާލާފައިވަނީ އެލާޑީންގެ ލޭމްޕް ކަމަށް ބުނެ --- ފޮޓޯ : ބީބީސީ

އިންޑިއާގެ ޑޮކްޓަރަަކަށް އޮޅުވާލައިގެން "އެލާޑީން"ގެ ލޭމްޕް ކަމަށް ބުނެ 41،000 ޑޮލަރަށް އެ ލޭމްޕް ވިއްކާލައިފި އެވެ.

އަލާޑީން ލޭމްޕް ކަމަށް ބުނެ އިންޑިއާގައި ޑޮކްޓަރަކަށް ލޭމްޕް އެއް ވިއްކާފައިވާ މައްސަލާގައި ތިން މީހެއް ހިމެނެއެވެ. އެމީހުން ލޭމްޕް ވިއްކާފައި ވަނީ އެ ގަތުމުން މުއްސަނދިކަމާއި ރަނގަޅު ނަސީބު ލިބޭނެ ކަމަށް ބުނެ އެވެ.

އެ ލޭމްޕް ވިއްކުމަށްޓަކައި އެކި ކަހަލަ އޮޅުވާލުމާއި ޗަރުކޭސް ޖައްސާފައިވާ ކަމަށް އެ ޑޮކްޓަރު ބުނެ އެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހިނގި މި ހާސިދާގައި ޝާމިލު ވަނީ ތިން މީހެކެވެ. އޭގެތެރޭގައި ދެ ފިރިހެނުންނާއި އަންހެނަކު ހިމެނެ އެވެ. އެ މައްސަލާގައި ހިމެނޭ ދެ ފިރިހެނުން މިހާރު ހައްޔަރުކޮށްފައިވާއިރު އެ އަންހެން މީހާ އަދިވެސް އަތުލައިގަނެފައި ނުވާ ކަމަށް އުއްތަރު ޕްރަދޭޝް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން އެ ޑޮކްޓަރަށް ލޭމްޕް އެންމެ ފުރަތަމަ ވިއްކުމަށް އުޅުނީ 200،000 ޑޮލަރަށެވެ. އެހެންނަމަވެސް ފަހުން 41،600 ޑޮލަރަށް ވިއްކުމަށް އެއްބަސްވި ކަމަށް ބުނެއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅީ ޑޮކްޓަރެވެ. އޭނާ ބުނިގޮތުގައި އެ 41،600 ޑޮލަރަށް އަގު ކަނޑައެޅީ ޑައުންޕޭމެންޓް ކަމަށް ބުނެއެވެ. އަދި ބާކީ ފަހުން ދެއްކުމަށް އެމީހުން އެއްބަސްވި ކަމަށް އެ ޑޮކްޓަރު ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު