މޯލްޑިވިއަންގެ ޓްރެވިންޑްރަމް ދަތުރުތައް ހޯމަ، ބުރާސްފަތީގައި

މޯލްޑިވިއަންގެ މަތިންދާބޯޓެއް --- ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަން އިން މާލެ އާއި އިންޑިއާގެ ޓްރެވިންޑްރަމް އާއި ދެމެދު ދަތުރު ކުރާ ދުވަސްތަކަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވިއަން އިން މާލެ-ޓްރެވިންޑްރަމް ދަތުރުތައް މީގެ ކުރިން ބާއްވަމުން ދިޔައީ ބުރާސްފަތި އަދި ހޮނިހިރުގައެވެ. މިހާރު ގެައި ބަދަލާއެކު ދަތުރުތައް އޮންނާނީ ހޯމަ އަދި ބުރާސްފަތީގައެވެ.

މޯލްޑިވިއަންގެ މާލެ-ޓްރެވިންޑްރަމް ދަތުރުގެ އަގަކީ ދެކޮޅު ޓިކެޓު 325 ޑޮލަރަށެވެ.

މޯލްޑިވިއަން އިން އިންޑިއާ އަށް ކުރަމުން ދިޔަ ޝެޑިއުލް ަތުރުތައް ކޮވިޑް19 ގެ ސަބަބުން މެދުކަނޑާލުމަށްފަހު އަލުން ފެށީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

އިންޑިއާގެ ތިން އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރު ކުރެއެވެ. އެއާ އިންޑިއާ އިން މާލެ-ޓްރެވިންޑްރަމް ދަތުރުތައް ބާއްވާއިިރު އިންޑިގޯ އަދި ސްޕައިސްޖެޓުންވެސް މާލެ އާއި އިންޑިއާގެ އިތުރު ސިޓީތަކާ ދެމެދު ދަނީ ދަތުރުތައް ބާއްވަމުންނެވެ. ގޯ އެއާއިންވެސް ދަނީ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ރާއްޖެއަށް ދަތުރު ފަށަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް