މިއަދު ޕޮޒިޓިވްވީ 35 މީހުން

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19 އަށް ރާއްޖެއިން މިއަދު 35 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއަދު މީހުން ޕޮޒިޓިވްއިރު އިއްޔެ ޕޮޒިޓިވްވީ 27 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 1517 ސާމްޕަލްގެ ތެރެއިން 35 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 24 ދިވެހިންނާއި 11 ބިދޭސީން ހިމެނެއެވެ.

މިއަދު ފެނުނު 35 ކޭސްގެ ތެރެއިން 26 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ބާކީ ނުވަ ކޭސް ފެނުނީ އަތޮޅު ތެރެއިންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 11،567 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން 10،652 މީހުން ރަނގަޅުވެފައިވާއިރި މިވަގުތު ކޮވިޑް ޖެހިފައިވާ 871 މީހުން އެބަތިއްބެވެ.

ކޮވިޑް އައިސޮލޭޝަން ފެސިލިޓީ ތަކުގައި 320 މީހުން ތިބިއިރު 47 މީހުންނަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް 37 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް