މޫދުގައި މަރުވެފައި އޮތް ޒުވާނާގެ ވީޑިއޯއެއް ފުލުހުން އާންމުކޮށް އެހީއަށް އެދިއްޖެ

ސިދުރަތުﷲ ބްލޫކިޔާމަގުން ހިނގާފައި ދަނީ ---

މިދިޔަ ހުކުރު ދުވަހު މަރުވެފައި އޮއްވާ މޫދުން ފެނުނު މީހާގެ ހަރާކްތައްތައް ފެންނަ ސީސީޓީވީ ވީޑިއޯ ފޫޓޭޖެއް ފުލުހުން އާންމުކޮށް، އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ހެދުނު އައިޖީއެމްއެޗާ ދިމާލު މޫދުގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ، އުމުރުން 31 އަހަރުގެ ސިދުރަތުﷲ އަހްމަދެވެ.

ފުލުހުން އާންމު ކުރި ވީޑިއޯގައި ފެންނަނީ ސިދުރަތުﷲ ހިނގާފައި ބުލޫކިޔާމަގުން ނުކުމެގެން ގޮސް، ތާޖުއްދީން ހިނގުމުން ރަސްފަންނާ ދިމާލަށް ދާތަނެވެ.

ފުލުހުން ބުނިގޮތުގައި، އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 10:00 ދެމެދު އެވެ. އެއީ އޭނާ މަރުވެފައި އޮއްވާ ފެނުމުގެ އެއް ދުވަސް ކުރި އެވެ.

ފުލުހުން އެދިފައި ވަނީ، އެދުވަހު އޭނާއާ އެ ސަރަހައްދުން ބައްދަލުވެ، ފެނުނު މީހަކު ހުރި ނަމަ އެ މުއައްސަސާއަށް މައުލޫމާތު ހިއްސާކުރުމަށެވެ.

ގުދުރަތީ މަރަކުން މަރުވެފައިވާކަން ކަށަވަރު ނުވާތީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ޕޮސްޓްމޯޓަމް ހެދި ކަމެއް ކަށަވަރެއް ނޫނެވެ.

އާއިލާއިން ތުހުމަތު ކުރާ ގޮތުގައި، ސިދުރަތުﷲ މަރާލަފައި ވަނީ ބަޔަކު ގަސްތުގަ އެވެ. އޭނާ ފެނުނު އިރު، ވާތު ލޮލާއި ފައިގެ ކުޑަ އިނގިލިން ބައެއް ނެތް ކަމަށް އާއިލާއިން ބުނެ އެވެ. މުޅި ގައިގެ އެކިތަންތަން ނޫފައިގެންފައި ހުރި އިރު، ނޭފަތް މަތިވެސް ހުރީ ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށްވެ އެވެ.

comment ކޮމެންޓް