މިއަދު ޕޮޒިޓިވްވީ 30 މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19 އަށް ރާއްޖެއިން މިއަދު 30 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް ކޮވިޑަށް ޓެސްޓްކުރި 1355 ސާމްޕަލްގެ ތެރެއިން 30 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 18 ދިވެހިންނާއި 12 ބިދޭސީން ހިމެނެއެވެ.

މިއަދު ފެނުނު 30 ކޭސްގެ ތެރެއިން 23 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ބާކީ ހަތް ކޭސް ފެނުނީ އަތޮޅު ތެރެއިންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 11،421 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން 10،472 މީހުން ރަނގަޅުވެފައިވާއިރި މިވަގުތު ކޮވިޑް ޖެހިފައިވާ 905 މީހުން އެބަތިއްބެވެ.

ކޮވިޑް އައިސޮލޭޝަން ފެސިލިޓީ ތަކުގައި 321 މީހުން ތިބިއިރު 39 މީހުންނަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ކޮވިޑް މިފަހުން ފެންނަން ފެށި ކުޅުދުއްފުށި ސިޓީން އާ ކޭސްއެއް ފެނިފައިނުވާކަމަށް ޑރ. ނަޒްލާ މިރޭ ވިދާޅުވިއެވެ. އެ ރަށް އަދިވެސް އޮތީ މޮނީޓަރިންގައެވެ.

comment ކޮމެންޓް