ތައިލެންޑްގެ ރިސޯޓަކަށް ނުބައި ރިވިއުއެއް ދިން މީހާ ޖަލު ހުކުމުން ސަލާމަތްވެއްޖެ

ތައިލެންޑްގެ ރިސޯޓެއްް--

ތައިލެންޑްގެ ރިސޯޓަކަށް ނުބައި ރިވިއުއެއް ދިން މީހާ ޖަލު ހުކުމުން ސަލާމަތްވެއްޖެ އެވެ.

ތައިލެންޑްގެ ސީވިއު ރިސޯޓަކީ ޒަމާނީ "އަޅުވެރިކަމުގެ" އުސޫލުތަކެއް ގެންގުޅޭ ތަނެެއް ކަމަށް ބުނެ އެމެރިކާއަށް ނިސްބަތްވާ ވީސްލީ ބާނޭސްވަނީ ޓްރިޕް އެޑްވައިޒާ ސައިޓްގައި އެ ރިސޯޓްގެ އަގު ވެއްޓޭ ކަހަލަ ނުބައި ރިވިއުތަކެއް ދީފަ އެވެ.

އެ މައްސަލާގައި ތައިލެންޑްގެ "އެންޓި ޑިފެމޭޝަން" ގާނޫނުގެ ދަށުން އެނާ ހައްޔަރު ވެސްކުރި އެވެ.

ތައިލެންޑްގެ ފުލުހުން ބުނީ ވީސްލީއާއި އެ ހޮޓަލާ ދެމެދު އެއްބަސްވުމެއް އެކުލަވާލައިފައިވާ ކަމަށާއި އަދި އޭނާ ދިން ރިވިއުތަކަށް މާފަށް އެދިފައިވާ ކަމަށެވެ.

ވީސްލީ ބޭރުގެ މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ އޭނާގެ އަމަލުތަކާ މެދު ހިތާމަ ކުރާކަމަށާއި އަދި މިހާރު ހޮޓަލުން އޭނާގެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ވީސްލީ ސީވިއު ހޮޓަލުގައި ހުރީ މިިއަހަރު ކުރީ ކޮޅު އެވެ. އޭނާ ހޮޓަލާ ދޭތެރޭ ހިތްހަމަނުޖެހުނީ ރިސޯޓްގެ ކާތަނަށް ބޭރުން ރާފުޅި ނުވެއްދޭ ގޮތަށް އޮތުމާ ގުޅިގެންނެވެ. އެ މައްސަލާގައި ބޮޑު ޒުވާބަކަށް ބަދަލުވެ ރިސޯޓުން ވައިން ވީސްލީއަށް ދިނުމުން އެނާ ވަނީ ބިލް ދައްކަން ވެސް ދެކޮޅު ހަދައިފަ އެވެ.

އެ ހޮޓަލުން ދިޔަ ފަހުން އޭނާ ވަނީ އެ ރިސޯޓާ ގުޅޭ ގޮތުން ވަރަށް ނުބައި ރިވިއުތަކެއް ދީފަ އެވެ.-- ބީބީސީ--

comment ކޮމެންޓް