ޑާކްރެއިން ޝޯޓްސް: އަނގުރު ދައްކާނީ މި މަހު 14ގައި

ފިލްމުގެ ޕޯސްޓަރެއް--

ޑާކްރެއިން ސްޓޫޑިއޯ އިން ބެލުންތެރިންނަށް ހާއްސަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް ނެރޭ ކުރުފިލްމު "އަނގުރު" މި މަހު ދައްކާލާ ގޮތަށް ނިންމައިފި އެވެ.

ޔޫޓިއުބް މެދުވެރިކޮށް މި ފިލްމު ބެލޭއިރު އަނގުރު ރިލީޒްކުރާނީ މި މަހު 14ގަ އެވެ. އަލީ ޝިފާއު (ޗިއްޕެ) ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ތަރިންގެ ގޮތުގައި ހަރަކާތްތެރި ވާނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހޯދާފައިވާ ކުޅަދާނަ ފިލްމީ ތަރި ހަސަން މަނިކް (ރޯނު ހަސަން) އާއި ބަތަލާ އާމިނަތު ސިލްނާ އެވެ.

ޑާކްރެއިންގެ ސަޕޯޓަރުންނަށްޓަކައި އެ ޓީމުން ތައްޔާރުކޮށްގެން ގެނެސްދޭ ޑާކްރެއިން "ޝޯޓްސް"ގައި ހިމެނޭ ހާއްސަ ސެގްމެންޓުގެ ދަށުން ޑާކްރެއިންގެ ޔޫޓީއުބް މެދުވެރިކޮށް ފޭނުންނަށް ތަފާތު އެކި އާޓިސްޓުންގެ ކުރު ފިލްމު ފަދަ ކޮންޓެންޓް ބަލައިލެވޭނެ އެވެ. ދާދިފަހުން އެ ޓީމުން ވަނީ "ދައުވަތު"ގެ ނަމުގައި ކުރު ފިލްމެއް ގެނެސްދީފަ އެވެ. އެ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް