ޗައިނާގެ މިލިއަނަރު މަރާލި މީހާ ޖަލަށްލައިފި

މަރާލައިފައިވާ ޗައިނާގެ މިލިއަނަރު ގޭންގް ޔުއާން--

ޗައިނާގެ މިލިއަނަރު ގޭންގް ޔުއާން މަރާލި މީހާ ޖަލަށްލައިފި އެވެ.

އޭނާ މަރާލައިފައި ވަނީ އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ ލީ ޖާއޯ ކިޔާ މީހެކެވެ. ލީގެ އަންހެނުންނަކީ ގޭންގްއާ ދެބެންގެ ދެދަރި މީހެކެވެ.

ލީ ވަނީ 2015 ވަނަ އަހަރު ގޭންގް މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކުުދިކުދިކޮށްލައިފަ އެވެ.

މިދިޔަ ހޯމަ ދުވަހު ކެނެޑާގެ ކޯޓަކުން ވަނީ ލީ 10 އަހަރާ ހަމަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

ލީ ގޭންގާ މައްސަަލަ ޖެހުނީ އާއިލާ އަރައިރުމަކާ ހެދި އެވެ. އެގޮތުން ގޭންގް ވަނީ ލީގެ ހަމައެކަނި ހުރި އަންހެން ދަރިފުޅާ ކައިވެނިކުރަން ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ހިނގި ޒުވާބު ބޮޑު ތަޅާފޮޅު މަކަށް ގޮސް ލީ ވަނީ ގޭންގް ގަޔަށް ބަޑި ޖަހައި މަރާލައިފަ އެވެ.

ލީ ވަނީ ގޭންގެ ހަށިގަނޑު ކުދިކުދިކޮށްލުމަށް ފަހު ޕްލާސްޓިކް ކޮތަޅުތަކެއްގައި އުކާލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ލީގެ އަންހެނުންނާއި މައިދައިތަ އެކަން ރިޕޯޓްކުރުމުންނެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ ގޭންގްގެ މިލްކިއްޔާތުގައި 21 މިލިއަން ޑޮލަރު މަރުވިއިރު ހުރި ކަމަށެވެ.-- ބީބީސީ

comment ކޮމެންޓް