އެފްބީއައިގެ ކުރީގެ ޑައިރެކްޓަރު "ރަޝިއާ ގޭޓްސް"އާ ގުޅޭ ގޮތުން ހެކި ބަސްދީފި

އެފްބީއައިގެ ކުރީގެ ޑައިރެކްޓަރު ޖޭމްސް ކޮމޭ--

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 2016 އަަހަރުގެ ރިޔާސީ އިންތިހާބްގެ ކެމްޕޭނާ ރަޝިއާގެ ސަރުކާރާ އޮތް ގުޅުމާ ގުޅޭ ގޮތުން އެފްބީއައި އިން ހިންގި ތަހުގީގާ ގުޅޭ ގޮތުން އެފްބީއައިގެ ކުރީގެ ޑައިރެކްޓަރު ޖޭމްސް ކޮމޭ ކޮންގްރެސްގައި ހެކިބަސްދީފި އެވެ.

ސެނެޓްގެ ޖުޑީޝިއަރީ ކޮމެޓީގައި ޖޭމްސް ވިދާޅުވީ އެ ތަހުގީގް ހިންގީ އެ ތަހުގީގް ހިންގަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ މީގެ ކުރިން ވިދާޅުވީ ރަޝިއާ އާއި ޓްރަމްޕް ކެމްޕޭނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް ޖޭމްސް އެކަމާ ގުޅޭ ގޮތުން ވިދާޅުވީއެ ތަހުގީގް ހިންގީ އެ ތަހުގީގް ހިންގަން ޖެހޭ ކަމަށް ފެންނާތީ ކަމަށެވެ. އަދި އެ ތަހުގީގް ހިންގުމަކީ ގަވައިދާ ހިލާފުކަމެއް ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވާތީ ހައިރާންވާ ކަމަށް ޖޭމްސް ވިދާޅުވި އެވެ.

އެ ތަހުގީގާ ގުޅިގެން ޓްރަމްޕް ވަނީ 2017 ވަނަ އަހަރު ޖޭމްސް މަގާމުން ވެސް ދުރުކޮށްފަ އެވެ. އެ މައްސަލާގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހިންގި މިނިވަން ތަހުގީގީ ރިޕޯޓްގައި ވެސް ރަޝިއާ އާއި ޓްރަމްޕްގެ ކެމްޕެއިންއާ ގުޅުން އޮތް ކަމަށް ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ އަރިސް ބޭފުޅެއް އަދި ނެޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު ޖޯން ރެޓް ކްލިފޭ ތުހުމަތުކުރައްވާ ގޮތުގައި ޓްރަމްޕާއި ރަޝިއާއާ ގުޅުވައިގެން އުޅެނީ ޓްރަމްޕާ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހިލަރީ ކްލިންޓަން އެވެ. އަދި އެކަމާ ގުޅޭ ގޮތުން ސީއައިއޭ އިން ދީފައިވާ މައުލޫމާތުުތަކުގެ މައްޗަށް ޖޯން ވަނީ ސިޓީއެއް ލިޔުއްވައި ސެނެޓްގެ ޖުޑީޝިއަރީ ކޮމެޓީއަށް ހުށަހަޅުއްވައިފަ އެވެ.

އެ ސިޓީއާ ގުޅޭ ގޮތުން ޖޭމްސް ވިދާޅުވީ އެ ސިޓީގައި ހުރި ވާހަކަތަކެއް އޭނާއަށް ނޭނގޭ ކަމަށެވެ. ހުދު ޑިމޮކްރެޓިކް މެމްބަރުން ވެސް ވިދާޅުވީ އެ ސިޓީގައި ހުރީ ދޮގު މައުލޫމާތުތަކެއް ކަަމަށެވެ.-- އަލްޖަޒީރާ

comment ކޮމެންޓް