ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭ ވެބިނާތަކެއް އެވިޑް ކޮލެޖުން ފައްޓައިފި

އެވިޑް ކޮލެޖުން ކުރިއަށް ގެންދާ ވެބިނާތަކުގެ ތެރެއިން ކުރިއަށްދާ ފުރަތަމަ ވެބިނާގެ ތެރެއިން --- ފޮޓޯ : އެވިޑް ކޮލެޖް

ކާމިޔާބުކަމާ އެކު ދަރިން ބެލުމާއި އެ ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭ ގޮތުުން މަޝްވަރާކޮށް މައުލޫމާތު ދިނުމަށް ސީރީޒްއެއްގެ ގޮތުގައި އެވިޑް ކޮލެޖުން ހާއްސަ ވެބިނާތަކެއް ފަށައިފި އެވެ.

"ސަކްސެސްފުލް ޕޭރެންޓިން"ގެ ނަމުގައި ކުރިއަށްގެންދާ ވެބިނާ ސީރީޒްގެ ފުރަތަމަ ވެބިނާ ފެށީ އިއްޔެ 14:00 ގަ އެވެ.

ޒޫމް މެދުވެރިކޮށް ކުރިއަށްދާ ވެބިނާ ސީރީޒްގައި ގިނަ ކަންތައްތަކަށް އަލިއަޅުވާލާނެ އެވެ. އެގޮތުން ޖުމްލަ 10 ވެބިނާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު ކޮންމެ ވެބިނާއެއްގެ ދިގުމިނަކީ އެއް ގަޑިއިރެވެ. އެ ވެބިނާތަކަކީ ހިލޭ ވެބިނާތަކެކެވެ.

އެވިޑް ކޮލެޖުން ބުނީ ވެބިނާ ސީރީޒްގެ ފުރަތަމަ ވެބިނާގައި އަލިއަޅުވާލާނީ ބެލެނިވެރިންނާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުމާ ގުޅޭ ގޮތުންނާއި ކާމިޔާބު ބެލެނިވެރިޔަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އަދި އޭގެ އިތުރުން އާއިލާއަކަށް ދަރިއަކީ ކިހާވަރެއްގެ ހަޒާނާއެއް ކަމާ ގުޅޭ ގޮތުން ވެސް އެ ވެބިނާގައި ވާހަކަ ދައްކާނެ އެވެ.

ޕޭރެންޓިން ސީރީޒްގެ ގޮތުގައި ކުރިއަށް ގެންދާ ވެބިނާތަކުގެ ބޭނުމަކީ ބެލެނިވެރިން ބާރުވެރިކުރުމާއި ދަރިންނަށް އިތުރަށް އަޅާލާނެ ގޮތްތަކެއް ދެނެގަނެ އެކަންތައްތަކަށް މަޝްވަރާކުރުން ކަމަށް އެވިޑް ކޮލެޖުން ބުނެ އެވެ.

ދަރިފުޅުގެ އިހުސާސްތަކާއި ހިޔާލުތައް ދެނެގަނެ ދަރިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކަށް ވެސް އެ ވެބިނާ ސީރީޒްގައި ވާހަކަދައްކާނެ އެވެ.

މިއަދުގެ ވެބިނާގައި ވާހަކަ ދައްކަވާނީ އެވިޑް ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓާ ފަޔާޒް ހުސައިން އެވެ. ފަޔާޒް އަކީ ސާޓިފައިޑް ޕޭރެންޓިން ޓްރެއިނާއެކެވެ.

comment ކޮމެންޓް