ފެށުނީއްސުރެ އެކްޓުކުރުމަށް ޝައުގުވެރިކަން ހުރި މުހައްމަދު ވިޝާލް (ރޯމަން) އެންމެ ފުރަތަމަ ފިލްމީދާއިރާއަށް ނުކުތީ އެކްޓަރު މަލީހާ ވަހީދު (މަލް) އާއެކު ވީޑިއޯ ލަވައަކުންނެވެ.
އޭގެ ކުރިއަށް ހަނދާންތައް ގެންދާއިރު އެކްޓްކުރުމަށް ޝައުގުވެރިކަން ހުރި ރޯމަން އެންމެ ފުރަތަމަ ފެނިގެންދިޔައީ "މިއުޒިކަލީ" ކިޔާ އެޕްލިކޭޝަނަކުންނެވެ. ނަމަވެސް އޭރު މިއުޒިކަލީ އަކީ ރާއްޖެއަށް މާ އާންމު އެޕްލިކޭޝަނެއް ނޫނެވެ. ލަންކާގައި ހުރެ ރޯމަން މިއުޒިކަލީ ކުޅެން ފެށި ނަމަވެސް އޭރު މީހުންނަށް ރޯމަން އަކީ ކާކުކަމެއް އެނގިފައެއް ނުވެ އެވެ. ވީޑިއޯ ހެދުމަށް ޝައުގުވެރިކަން އަބަދުވެސް ހުންނަ ރޯމަން މިއުޒިކަލީ އިން ކުޑަ ބުރޭކެއް ނެގިއިރު ދުވަސްކޮޅެއް ފަހުން ރާއްޖެއަށް މިއުޒިކަލީގެ ރާޅެއް ބިންދާލި އެވެ. އަނެއްކާވެސް އިތުރު ހިއްވަރެއް ލުމަށްފަހު އާ ވީޑިއޯ ހެދުމަށް ރޯމަން މިއުޒިކަލީ އަށް ވަދެ ވީޑިއޯ ހަދަން ފެށި އެވެ. މިއުޒިކަލީ ތަރައްގީ ވަމުން ގޮސް އޭގެ ނަން މިއަދު "ޓިކްޓޮކް" އަށް ބަދަލުވެގެންދިޔައިރު ރޯމަން ވެސް މިވަނީ މަޝްހޫރު ތަރިއަކަށްވެފަ އެވެ.
ޓިކްޓޮކް އިން އާންމުންނަށް އެނގެންފެށި ރޯމަން މަލް އާއެކު ވީޑިއޯ ލަވަ ކުޅުމަށްފަހު ފިލްމީ ދާއިރާއިން އޭނާއަށް އެންމެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ "އެހެނަސް" ސީރީޒްއިންނެވެ. އެ ފުރުސަތަކީ ލިޔުންތެރިޔާ އައިކިއު އޭނާއަަށް ދިން ފުރުސަތެކެވެ. އޭނާގެ އެދުމަށް ބަތަލާ ރިޝްމީ ރޯމަން އަށް އޮޑިޝަނަށް އައުމަށް ގުޅިއެވެ. ރިޝްމީ ދިއްކޮށްލި އަތުގައި ހިފައިގެން އެހެނަސްގެ އޮޑިޝަނަށް ދިޔައިރު ވެސް ރޯމަން އަށް ކުޅެން ޖެހެނީ ކޮން ކަހަލަ ރޯލެއް ކަމާމެދު ކުޑަވެސް އިހުސާސެއް ވެފައެއްނެތެވެ.
"އޭރު އޮޑިޝަނަށް ދިޔައިރުވެސް ރޯމަން އަކަށް ނޭނގެ މި ކެރެކްޓާއަށް [ނިޔާޒު] ކަމެއް ރޯމަން މިގެންދިޔައީ. ދެން ގޮއްސަ ރިޝްމީ ކިޔާދިން ވަރަށް ރީއްޗަށް ސީރީޒްގެ ވާހަކަ. މި ކަހަލަ ކެރެކްޓާއެކޭ ކުޅެންޖެހޭނީ. ދެން ރޯމަންއަށް އޭތި ވަރަށް ބޮޑަށް ފުންކޮށް ވިސްނާލީމަ އެނގުނު އަސްލު ވަރަށް ތަފާތު ކެރެކްޓާއެއްކަން މި. އެހެންވެ ޗެލެންޖެއް ގޮތަށް އޭތި ނަގައިގެން ރޯމަން އެހެނަސް ކުޅުނީ،" ރޯމަން ބުންޏެވެ.
އިންޑަސްޓްރީގައި މާބޮޑު ތަޖުރިބާއެއް ރޯމަން އަށް ނުލިބު ނަމަވެސް މިހާރު ވެސް ރޯމަން އަންނަނީ ރިޝްމީގެ އެހެން ޕްރޮޖެކްޓެއްގައި މަސައްކަތްކުރަމުންނެވެ. ރޯމަން ބުނީ މިހާތަނަށް އިންޑަސްްޓްރީއިން ލިބުނު ތަޖުރިބާއަށް ބަލާފައި އޭނާއަށް ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ ކަމަށެވެ.
"ޓައިމް އަށް ޕަންޗުއަލް ވުމާއި މީހުންނަށް ރެސްޕެކްޓްކުރުމާއި އެކަހަލަ ކަންތައްތައް އެހެނަސް ތްރޫކޮށް ވަރަށް ބޮޑަށް ދަސްވި،"
އަހަރެމެން ރޯމަންގެ އިންޓަވިއުއަށް އައުމަށް ދައުވަތު ދިނީ ހަވީރު 17:30 އަށެވެ. ގަޑިން 17:29 ވިއިރު ރޯމަން ހުރީ އިންޓަވިއުއަށް ވަރަށް ބޮޑަށް ތައްޔާރުވެގެން އައިސްއެވެ.
އެހެނަސް ގައި ރޯމަން ކުޅުނީ ނިޔާޒު ކެރެކްޓާއެކެވެ. ރޯމަން ބުނީ އެހެނަސްގައި އޭނާއަށް އެންމެ އުނދަގޫވި އެއްކަމަކީ ނިޔާޒް އާ ދިމާއަށް މީހުން އެއްޗެހި ކިޔާ މަންޒަރުތައް ނެގުމަށް ކަމަށެވެ. ޝޫޓްކުރާއިރު އެކްޓިންކަން އެނގި ހުރެވެސް އެހެނަސް ގެ އެހެން ކެރެކްޓާތައް ނިޔާޒްއާ ދިމާއަށް ބުލީކޮށް އެއްޗެހި ކިޔާ މަންޒަރުތަކަކީ އޭނާއަށް ވަރަށް "ޑިސްޓާބިންގް" މަންޒަރުތަކެއްކަމަށް ރޯމަން ބުންޏެވެ. އެކަހަލަ މަންޒަރުތައް ނަގާއިރު އުނދަގޫވި ނަމަވެސް އެކަން ކާމިޔާބުކަމާއެކީ މިހާރު ނިންމާލެވިއްޖެއެވެެ. އެހެނަސްގެ ފަހު އެޕިސޯޑު އާންމުންނަށް ފެނިގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރޯމަން ބުނީ ދާއިރާގައި އުޅޭ އެންމެންނަށް އިޚްތިރާމްކޮށް ކުރާ މަސައްކަތްތައް ކުރާ ހިތުންކޮށްފިނަމަ އެ މީހަކު ކުރިއަރާ ދާނެ ކަމަށެވެ. ސީރީޒަކުން ރޯމަން ފެނިގެން ދިޔަ ނަމަވެސް ރޯމަން ގެ މިސްރާބު ފިލްމުތަކަށް ވެސް އެބަހުއްޓެވެ. ފިލްމުތަކުން ކުރިއަށް އޮތްތަނުގައި ވެސް އާންމުންނަށް ފެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެމުން ރޯމަން ބުނީ އޭނާއަތުގައި މިހާރުވެސް ދެތިން ޕްރޮޖެކްޓެއް އޮތްކަމަށެވެ. ޝޫޓްކޮށް ވެސް ނިމުމާ ކައިރިވެފައިވާ އެ ޕްރޮޖެކްޓްގެ ނަން އާންމުންނަށް އަދި ހާމަނުކޮށްފައެއް ނުވެއެވެ. ރޯމަން ބުނީ އެއީ ބެލުންތެރިންނަށް ސަޕްރައިޒެއް ކަމަށެވެ.
"އަބަދުވެސް ކުޅެލަން ބޭނުންވޭ ރުޅިގަދަ ތަޅާފޮޅާ ރޯލެއް ކުޅެލަން. މިސާލަކަށް ލޫދިފާގައި ރަވީގެ ރޯލު. ރަވީ އަކީ މި އިންޑަސްޓްރީގައި ރޯމަން އެންމެ ބޮޑަށް އިންސްޕަޔާވާ އެކަކު. ވިޝްކާގައި ރަވީ ފެނިގެންދިޔަ ރޯލު. އެކަހަލަ ރޯލުތަކެއް،" ރޯމަން ބުންޏެވެ.
comment ރޯމަންގެ ފޭން
5 year 7 month ago
ކޮންމެވެސް ވަރަކަށް ޓިކްޓޮކްއިން ފެނުނު އެކަމަކު ހިޔެއް ނުކުރަން މިހާ މޮޅުވާނެ ކަމަކަށް.. ވވވ މޮޅު.. ހަމިއްޓެގެ ރޯލަށް އެހެން ޗޮއިސްއެއް ނެގިނަމަ ވ ސަޅިވީސް... މުޅި އެހެނަސް ވ ސަޅި
comment ޟަ
5 year 7 month ago
ޢަސްލު ތި ސީރީޒް އިން މަށަށް އެންމެ މޮޅީ ނިޔާޒް ގެ ދޮންބެގެ ބައިގަ އުޅުން ބޯއީ. ހަމަ ސަތޭކަ އެއީ.
comment ޒިންމާދާރު
5 year 7 month ago
މުޅި އާޓިކަލްގ ރޯމަން ބުންޏޭ ބުންޏޭ ކިޔާފަ އެންމެ ފަހަށް ބަހުގައި ވިދާޅުވި އިނީމަ އެބަ އިިނގޭ ލިޔުން ކުއްޖާވެސް ފަރުވާތެރި ނޫންކަން.. އެހެން ނޫނަސް "ވިދާޅުވި" މި ބަސް މިއާޓިކަލް އެއްގައި ބޭނުމެއް ނުކުރެވޭނެ!!!!
reply ކިޔުންތެރިއެއް
5 year 7 month ago
ވަރަށް ރަގަޅު ވާހަކައެއް. އެއްވެސް ގޮތަކަށް ދިވެހި ބަހުގެ ގަވާއިދަށް ބެލުމެއްނޯވޭ މިހާރުގެ ލިޔުންތަކުގައި. ވަކި މިއޮންލައިން ނޫހެއްނޫން. ހުރިހާ އެންމެންވެސް. އެޑިޓަރގެ ޒިންމާއެއް ކަންނޭނގެ މިފަދަ ކަަންތައް ރަގަޅު ކުރުމަކީ.