އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަަރަށް މެކްސިލޯ ފޭޝިއަލް ސާޖަރީއެއް ހަދައިފި

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މީގެ ކުރިން ކުރި ސާޖަރީއެއްގެ ތެރެއިން--

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަަރަށް މެކްސިލޯ ފޭޝިއަލް ސާޖަރީއެއް ހަދައިފިއެވެ.

މެކްސިލޯ ފޭޝިއަލް ސާޖަރީއަކީ މޫނަށް ލިބޭ ގެއްލުންތަކާ ގުޅިގެން މޫނު އަލުން ރިކޮންސްޓްރަކްޓްކުރަން ކުރަން ސާޖަރީއެކެވެ.

އެ ސާޖަރީ ހެދުމުގައި އިސްކޮށް އުޅުއްވީ ރާއްޖޭގެ ފުރަތަމަ އޮރަލް އެންޑް މެކްސިލޯ ފޭޝިއަލް ސާޖަން ޑރ. ފަތުހުﷲ ސައީދުއެވެ. އަދި އެ ސާޖަރީގައި އެހީތެރިންގެ ގޮތުގައި ސާޖަން ޑރ. އިމާދު މުސްތަފާ އަދި ޑެންޓިސްޓު ސަކާއާއި ނަރުހަކު ހަރަކާތްތެރިވިއެވެ.

ފަސް ގަޑިއިރަށް ކުރިއަށް ދިޔަ އެ އޮޕަރޭޝަންކޮށްފައިވަނީ 33 އަހަރުގެ އަންހެނެއްގެ ކަަމަށް އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްއިން ސާޖަރީ ހެދި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ކުރިން ހިންގި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލައި އަލަށް ހެދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ހިދުމަތް ދޭން ފެށިފަހުން އެ ހޮސްޕިޓަލްގައި 100 އެނދު ހުރެއެވެ. އަދި ހަތް އައިސީޔޫ ބެޑް ގާއިމްކޮށްފައިވާއިރު ސަބް ސްޕެޝަލިސްޓް ދެ ޑޮކްޓަރުންނާއި ނުވަ ސްޕެޝަލިސްޓު ޑޮކްޓަރުން ވަނީ އިތުރުކޮށްފައެެވެ.

comment ކޮމެންޓް