އެސްޓާސްއިން ވިއްކާ 100 އިންޗީގެ ޓީވީ އާ ތަޖުރިބާއަކަށް ވާނެ

އެސްޓާސްއިން ޓީސީއެލް ބްރޭންޑުގެ 100 އިންޗީގެ ބޮޑު ޓީވީއެއް ބާޒާރަށް ނެރެފި އެވެ. މިއީ ރާއްޖޭގެ ބާޒާރަށް ގެނައި ޓީވީގެ އެންމެ ބޮޑު ސައިޒު ކަމަށް ބުނެވިދާނެ އެވެ.

އެސްޓާސްއިން ދެކޭ ގޮތުގައި ޓީސީއެލްގެ ޕީ715 ކިއުޔޫއެޗްޑީ މޮޑެލްގެ މި ސްމާޓް ޓީވީއާއެކު، ޓީވީ ބެލުމުގެ ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެނެވޭނެ އެވެ.

މި ޓީވީގެ ސައިޒުގެ އިތުރުން އެންމެ ހާއްސަވާ ސިފަތަކަކީ މި ޓީވީގައި ހިމެނޭ 4ކޭ އެޗްޑީއާރު 10 ޕްލަސް، ކްލިއާ މޯޝަން ރޭޓް ޓެކްނޮލޮޖީ އަދި ޑޮލްބީ ވިޝަން އެވެ. މި ސިފަތަކާއި ކުޅިވަރު އަދި ހަލުވި ސްޕީޑުގެ މަންޒަރުތައް "މޯޝަން ޓްރެއިލް" އާ ނުލައި ބަލައިލެވެ އެވެ.

މި ޓީވީއިން ފެންނަ މަންޒަރުތަކަށް ދިރުން ގެނެސްދީ، ކުލަތައް އޭގެ އެންމެ ފުރިހަމަ އަދި ޗާލުކަމުގައި ދައްކުވައިދެނީ އަށް މިލިއަން ޕިކްސެލްގެ އެހީގަ އެވެ.

އެންމެ ރަނގަޅު ކޮލެޓީގެ މަންޒަރާއެކު އަޑުތައް އޭގެ ޒާތުގައި އެންމެ އަސްލާ އެއްގޮތްކޮށް މި ޓީވީއިން އިއްވައިދެނީ ޑޮލްބީ ލެބޯޓްރީޒްއިން އުފައްދާފައިވާ ޑޮލްބީ އެޓްމޯސް ޓެކްނޮލިޖީއިންނެވެ.

ފުރިހަމަ މަންޒަރާއި އަޑުގެ އިތުރުން މި ޓީވީގައި ހިމެނޭ އެންމެ ފަހުގެ އެންޑްރޮއިޑް ޓެކްނޮލޮޖީއާއެކު އާންމުންގެ މެދުގައި މަގްބޫލު ޔޫޓިއުބް، ނެޓްފްލިކްސް އަދި ގޫގްލް ޕްލޭސްޓޯ ފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްލެވޭނެ އެވެ.

ކެޕްޝަން..

ހަމައެއާއެކު މި ޓީވީގައި ހިމެނޭ ކްރޯމްކާސްޓް ފީޗާއާއެކު އެހެން ސްމާޓް ޑިވައިސްތަކުގައި ހުންނަ ފޮޓޯ އާއި ވީޑިއޯ ބަލައި، ލަވަތައް ޓީވީއިން ޖަހާލެވޭނެ އެވެ.

ރާއްޖޭގެ ބާޒާރުގައި ފުރަތަމަ ފަހަރަށް 100 އިންޗީގެ ޓީވީއެއް ނެރުމުގެ އިތުރުން އެސްޓާސްއިން ވިއްކާ ޓީވީތަކުން ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން 32 އިންޗީގެ ޓީވީ އެންމެ 1،499 ރުފިޔާއަށް ގަނެވޭއިރު، 65 އިންޗީގެ ޓީވީއެއް 9،999 ރުފިޔާއަށް ގަނެވޭނެ އެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު އެސްޓާސްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް