ގިނަ މުދަލާ އެކު "ނަމޫނާ" ދޯނި ނެރަށް އަރައިފި

މަކުނުދޫ ނެރަށް އެރި ނަމޫނާ ދޯނި-- ފޮޓޯ/އެމްއެންޑީއެފް

ހދ. މަކުނުދޫއިން އެ އަތޮޅު ވައިކަރަދޫއަށް ފުރި މުދާ އުފުލާ ދޯންޏެއް މަކުނުދޫ ނެރަށް އަރައިފި އެވެ.

"ނަމޫނާ" ނަމަކަށް ކިޔާ 85 ފޫޓުގެ މި ދޯނި ދަތުރުކުރަމުންދިޔައީ އަށް ފަޅުވެރިންނާއެކުގަ އެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 2:08 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މަކުނުދޫ ނެރަށް އެރި ނަމޫނާ ދޯނި-- ފޮޓޯ/އެމްއެންޑީއެފް

މަކުނުދޫ ނެރަށް އެ ދޯނި އެރިއިރު ދޯނީގައި ހުރީ ހިލަ، ސިމެންތި އަދި ދަގަނޑެވެ. ދޯނި ފަރަށް އެރީ މީގެ ތެރެއިން ބައެއް ތަކެތި މަކުނުދޫއަށް ބޭލުމަށްފަހު ވައިކަރަދޫއަށް ފުރަން ފަޅުން ނިކުންނަން އުޅެނިކޮށެވެ.

ހާދިސާ ހިނގުމުން ދޯނީގައި ތިބި މީހުން ވަނީ މަކުނުދޫއަށް އަރާފަ އެވެ.

comment ކޮމެންޓް