ސިންގަޕޫރުން ކޮންޓެކެޓް ޓްރޭސިން ޑިވައިސްތައް ބަހަން ފަށައިފި

ބްލޫޓޫތު ކޮންޓެކްޓް ޓްރޭސިން ޑިވައިސް---

ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިން ޑިވައިސްތަކެއް ސިންގަޕޫރުން ބަހަން ފަށައިފި އެވެ.

މިއީ ފޯން ނުގެންގުޅޭ ދުވަސްވީ މީހުންނާއި އެހެނިހެން މީހުންނަށް ދޭ ޑިވައިސްއެކެވެ.

މީގެ ކުރިން "ޓްރޭސް ޓުގެދާ"ގެ ނަމުގައި ސިިންގަޕޫރުން ވަނީ ސްމާާޓްފޯން އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފަ އެވެ.

ކޮންޓެކްޓް ޓްރޭސިން ޑިވައިސްތައް އެންމެ ފުރަތަމަ ދީފައި ވަނީ އާއިލާތަކުގެ އަޅާލުން ނުލިބޭ މީހުންނާއި ހިނގާ ބިނގާވެ ނޫޅެވޭ ދުވަސްވީ މީހުންނަށެވެ.

އެ ޑިވައިސްތައް ޗާޖުކުރަން ނުޖެހޭއިރު އޭގެ ބެޓެރި ނުވަ މަސް ދުވަސްވަންދެން ހިފަހައްޓަ އެވެ.

ސްމާޓްފޯނެކޭ އެއްގޮތަށް އެ ޑިވައިސްތަކުން ވެސް ބްލޫޓޫތު ސިގްނަލްތައް ފޮނުވަ އެވެ. އަދި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކާ ކައިރިވެއްޖެ ނަމަ އެ ޑިވައިސްތަކުން މެސެޖު ފޮނުވަ އެވެ.

ސިންގަޕޫރުން ބުނީ އެގައުމުގެ އިގްތިސާދު އަލުން ހުޅުވާލަމުންދާ މި ދަނޑިވަޅު ކޮންޓެކްޓް ޓްރޭސިންގެ ވަސީލަތް ބޭނުންކުރާ މީހުން އިތުުރުކުރަން ބޭނުންވާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިން އެޕް މިހާތަަނަށް 2.1 މިލިއަން މީހުން ވަނީ ޑައުންލޯޑްކޮށްފަ އެވެ.

ސިންގަޕޫރުން މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ ކޮރޯނާގެ 213 އާ ކޭސް ފެނިފަ އެވެ. އެއާ އެކު އެގައުމުގައި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 43،459 އަށް އަރައިފަ އެވެ.---ބީބީސީ--

comment ކޮމެންޓް