އަދިޕުރުޝްގެ ބަތަލާ އަކީ އަނުޝްކާ؟

އަނުޝްކާ ޝަރުމާ--

އެކްޓަރު ސައިފް އަލީ ޚާން އާއި "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް"ގެ ބަތަލާގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރުމާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާއިން ބުނީ އޯމް ރައުތުގެ ޑައިރެކްޝަނުން ތައްޔާރުކުރާ މި ފިލްމުގެ އަންހެން ލީޑަށް ޑައިރެކްޓަރު ބޭނުންވަނީ އަނުޝްކާ ކަމަށެވެ. އެ ފިލްމުގެ ސްކްރިޕްޓްގެ ހުލާސާއެއް އަނުޝްކާއަށް ކިޔާދިނުމުން އެ ފިލްމު ކުޅޭނެކަމުގެ ފެހި ސިގްނަލްދީފައިވާ ކަމަށް ވެސް ޕިންކްވިލާ އިން ބުންޏެވެ.

ދާދިފަހުން އަނުޝްކާ ވަނީ އޭނާއަށް ދަރިއަކު ލިބެން އުޅޭކަމަށް ހާމަކޮށްފަ އެވެ. އޭނާ ވިހާނީ އަންނަ ޖަނަވަރީމަހު އެވެ. ޕިންކްވިލާއިން ބުނާގޮތުގައި އަދިޕުރުޝްގެ ޝޫޓިން ފަށާނީ އަންނަ އަހަރު ޖަނަވަރީ މަހު ކަމަށާއި އަނުޝްކާ ވިހާތާ ދެތިން މަހެއް ތެރޭ ފިލްމުގެ ޝޫޓިން އާ އޭނާ ގުޅޭނެ ކަމަށެވެ. މި ފިލްމަށް އަނުޝްކާ ސޮއިކޮށްފި ނަމަ އަދިޕުރުޝްވެގެންދާނީ ޓޮޕް ތަރިންގެ ކާސްޓެއް އެކުލެވިގެންދާނެ ފިލްމަކަށެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ 2022 ގަ އެވެ.

comment ކޮމެންޓް