Ooredoo
Dhiraagu

ހުވާކޮށްފާ ބުނަންގެ ޓީޒާ ދައްކާލައިފި

ހުވާކޮށްފާ ބުނަން ގެ ޕޯސްޓަރެއް---

ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދަމުން އަންނަ ޑްރާމާ ސީރީޒް "ހުވާކޮށްފާ ބުނަން"ގެ ޓީޒާ ޓްރެއިލާ އާންމުކޮށް ދައްކާލައިފި އެވެ.

ADK GENERAl

ކުޅަދާނަ އެކްޓަރު، ޑައިރެކްޓަރު ޔޫއްޕެގެ ޓްރެއިލާ އާންމުކުރި އިރު މި ޑްރާމާ މި މަހު ދައްކަން ފަށަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ދައްކާނެ ތާރީޚެއް އަދި ހާމަކޮށްފައެއްނުވެ އެވެ. ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މި ޑްރާމާގެ މައިގަނު ތަރިންނަކީ އަހުމަދު ސައީދު، އަހުމަދު އީސާ (އާނަންދު)، މުހައްމަދު މުސްތަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝީޔާގެ އިތުރުން ނާޝިދާ (ނާއްކޮ) އެވެ.

ޔޫއްޕެ މީގެ ކުރިން ސަން އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ޑްރާމާއަކީ 26 އެޕިސޯޑުގެ މައްޗަށް އުފައްދާ ސީރީޒެއް ކަމަށާއި މި ސީރީޒަކީ ހުރިހާ ރަހަތަކެއް ހެޔޮވަރަށް އެކުލެވިގެންވާ ސީރީޒެއް ކަމަށެވެ. ލޯތްބާއި އިޖުތިމާއީ މައްސަލަތައް ހުވާކޮށްފައި ބުނަން އިން ފެނިގެންދާއިރު ޔޫއްޕެ ބުނީ މިހާރުގެ މުޖުތަމައު އާ މި ސީރީޒް ވަރަށް ގުޅޭނެ ކަމަށެވެ.

Redstar
comment ކޮމެންޓް

comment ޓިކްޓިކް

5 year 7 month ago

ޓިކްޓޮކް ތަކެއް ފެނުނީ!!