އާ އަހަރަކަށް ބީއެމްއެލްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނު ކޮށްފި

މިދިޔަ އަހަރު ޖެން ހޮޓެލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބީއެމްއެލްގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުން އައްޔަނު ކޮށްފި އެވެ.

މިއަދު އެމްއެސްޑީ ފަހިވޯޓު މެދުވެރިކޮށް ކުރިއަށްގެންދިޔަ އަހަރީ އާންމު ޖަލްސާގައި ސަރުކާރުގެ ފަރާތުން، ބޭންކުގެ ބޯޑަށް އައްޔަނު ކުރި ޑިރެކްޓަރުންނަކީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ، ޑެޕިޔުޓީ ސީއޯއޯ އާއިޝަތު ނޫރައްދީން، ޖުވެއިރިޔާ ސައީދު، ސަނާ މަންސޫރު، ނަޖީމް އިބްރާހިމް ޒަކަރިޔާ، ހުސައިން ތައުފީގު އަލީ އަދި އަބްދުﷲ ހަސަން އެވެ.

އާންމު ހިއްސާ ދާރުންގެ ފަރާތުން ބޯޑަށް ފަސް ބޭފުޅަކު ކުރިމަތިލިއިރު، ދެ ބޭފުޅަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންކަމުން އާންމުންގެ ފަރާތުން ބޯޑަށް އައްޔަނު ކޮށްފައިވަނީ ތިން ބޭފުޅެކެވެ. އެ ބޭފުޅުންނަކީ؛

    • މުހައްމަދު އަބްދުއްސައްތާރު، މއ. ޓިޔުލިޕްވިލާ
    • އިބްރާހިމް މުހައްމަދު، ނެލުމް/ނ ހޮޅުދޫ
    • އަހުމަދު މުހައްމަދު، ގ. އުފާ

މިއަދުގެ ޖަލްސާގައި ބެންކަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 26 ރުފިޔާ ބަހަން ވަނީ ފާސްކޮށްފަ އެވެ. ބެންކުން ބުނީ އެމްއެމްއޭގެ ހުއްދަ ލިބުނުހާ އަވަހަކަށް ހިއްސާ ދާރުންނަށް ހިއްސާގެެ ފައިދާ ބަހާނެ ކަމަށެވެ. 2019 ވަނަ އަހަަރުގެ ހިއްސާގެ ފައިދާ ބަހާނީ 2020 ވަނަ އަހަރުގެ އޮގަސްތު 18ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށެވެ.

comment ކޮމެންޓް