ކަޝްމީރުގައި ހަތް ހަނގުރާމަވެރިއަކު މަރާލައިފި

ކަޝްމީރުގައި އިންޑިއާގެ އަނިޔާވެރިކަމާ ދެކޮޅަށް މީހުން އަޑުއުފުލަނީ--

އިންޑިއާ އިން އިސްތިއުމާރުކޮށްފައިވާ ކަޝްމީރުގެ ސަރަހައްދުގައި ހިނގައިދިޔަ ބަޑީގެ ދެ ހަމަލާތަކެއްގައި ހަތް ހަނގުރާމަވެރިން މަރުވެ އެއް ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.

އެގޮތުން ހުކުރު ދުވަހު ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓްގައި ސިފައިން ހިންގި މިލިޓަރީ އޮޕަރޭޝަނެއްގައި ތިން ހަނގުރާމަވެރިން ވަނީ މަރުވެ، ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.

އޭގެ އިތުރުން ކަޝްމީރުގެ ޝޮޕިއާން ޑިސްޓްރިކްޓައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ވަނީ ހަތަރު ހަނގުރާމަވެރިން މަރާލައިފަ އެެވެ.

ޖައްމޫ އެންޑް ކަޝްމީރު ކޯލިޝަންގެ ސިވިލް ސޮސައިޓީން ބުނީ މިދިޔަ ޖެނުއަރީގެ ފަހުން އެކި އޮޕަރޭޝަންތަކުގައި 180 ހަނގުރާމަވެރިން މަރާލައިފައިވާ ކަމަށެވެ. އަދި އާންމުގެ 46 މީހުން މަރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.

ހަނގުރާމަވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ހަނގުރާމަވެރި ގްރޫޕްތަކާ ގުޅުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ދެވަނަ ފަހަރަށް އިންތިހާބުވި ފަހުން ވަނީ ކަޝްމީރަށް ކުރިން ދީފައި އޮންނަ "އޮޓޯނަމީ" އުވާލައި ސީދާ އިންޑިއާގެ މައި ސަރުކާރުގެ ދަށަށް ގެނެސްފަ އެވެ. އަދި މުސްލިމުންގެ އާބާދީ ދަށްކުރަން ކަޝްމީރުގައި މިހާރު ދަނީ ހިންދޫން އާބާދުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ..-- އޭޕީ---

comment ކޮމެންޓް