ވިރާޓް އާއި އަނުޝްކާއަށް ދަރިއަކު ލިބެނީ، ވިހެއުން ޖެނުއަރީގައި

ވިރާޓް އަދި އަނުޝްކާގެ ދެމަފިރިން -- ފޮޓޯ: ޓްވިޓާ

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ އަށް ދަރިއަކު ލިބެން އުޅޭކަން އެ ދެމެފަރިން ހާމަކޮށްފި އެވެ.

ވިރާޓްގެ ދެމަފިރިން ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންތުތަކުގައި ހިއްސާކުރި ފޮޓޯއަކާއެކު އެމީހުންގެ އަލަތު ދަރިފުޅު އަންނަ އަހަރުގެ ޖެނުއަރީގައި އުފަންވާނެ ކަމަށް ބުނެފަ އެވެ.

"އެންޑް ދެޔާ ވާ ތްރީ" މި ކެޕްޝަނާއެކު ވިރާޓް އަދި އަނުޝްކާ ވެސް ވަނީ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ އެއް ޓްވިޓާ، ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ދޫކޮށްލައިފަ އެވެ.

މިއީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ.

ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ވިރާޓް އާއި އަނުޝްކާ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ 2018 ވަނަ އަހަރު ނިކުތް ފިލްމް ޒީރޯ އިން ޝާހްރުކްޚާން އާއެކު އެވެ.

އަނުޝްކާ އާއި ވިރާޓް އަށް ދަރިއަކު ލިބެން އުޅޭކަން އެދެމަފިރިން ހާމަކޮށްފައިވާއިރު ކަރީނާ ކަޕޫރް އަދި ސައިފް އަލީ ހާން އަށްވެސް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އެދެމަފިރިން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް