ޖަޕާނު އެއާލައިންގައި އޮޅަބޮށިން ފާހާނާގެ ދޮރު ހޮޅުވޭ ގޮތް ހަދަން ފަށައިފި

ދޮރު ހުޅުވާނީ ހާއްސަ ސެންސަރެއް ބޭނުންކުރާ ފިތެއްގެ އެހީގައި އުޅަނބޮށި ކައިރު ކޮށްލައިގެން ---

ކޮވިޑް-19 އާ ގުޅިގެން އަތް ދޮވުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާއިރު ތަންތަނުގައި އަތް ލުމާ މެދު އާންމުން ވަރަށް ކަންބޮޑުވެ އެވެ. އެކަމަށް ހައްލެއް ހޯދުމަށް ޓަކައި ޖަޕާނުގެ އެއާލައިން އަކުން އެ އެއާލައިންގެ ފްލައިޓްތަކުގެ ފާހާނައިގެ ދޮރުތަކުގައި އަތް ނުލާ ބޭނުންކުރެވޭ ގޮތަށް ހެދުމަށް މަސައްކަތް ފަށައިފި އެވެ.

ޖަޕާނުގެ އެއާލައިން އެއް ކަމަށްވާ އޭއެންއޭ އިން ދަނީ އެ އެއާލައިންގެ ލެވޭޓަރު ނުވަތަ ފާހާނައަށް ވަދެ ހަދާއިރު އަތް ބޭނުން ނުކޮށް އެތަން ބޭނުން ކުރެވޭނެ ގޮތް ހޯދަމުންނެވެ.

އެ ކުންފުނިން ބުނީ ކޮވިޑް-19ގެ ކުރީން ވެސް އެ މަަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތާ އެކު އެ މަސަައްކަތް ކުރަން އިތުރަށް މުހިއްމު ކަމަށް އެކުންފުނިން ފާހަގަކޮށްފައިވެ އެވެ.

މީގެކުރީން ތަޅުގައި ހިފައި ކަހާލަން ޖެހޭ ދޮރުތަކަށް މިހާރު ބަދަލު ގެނައުމަށް ޕްރޮޓޯޓައިޕެއް ވަނީ ތައްޔާރުކޮށްފަ އެވެ. އެކުންފުނިން ބުނީ މިހާރު ބޭނުންކުރަން ޖެހޭނީ ހާއްސަ ބަޓަނެއްގެ ކައިރީ އުޅަނބޮށި ކަހަލަ ތަނެއް ދިއްކޮށްލައިގެން ކަމަށެވެ.

ހާއްސަ ސެންސާ ބަޓަނެއްގެ ކައިރީގައި އުޅަނބޮށި ދިއްކޮށްލުމުން އެ ޑިޓެކްޓްކޮށް ފާހަނައިގެ ދޮރުގެ ތަޅު އަމިއްލައަށް ހުޅުވި ދޮރު ވެސް ހުޅުވޭނެ ކަމަށް އެ ކުންފުނީން ބުނެ އެވެ.

އެ ޑިޒައިން މިހާރު ޕްރޮޓޯޓައިޕެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ އިރު އޭއެންއޭގެ ފްލައިޓުތަކުގައި އެ ޓެކްނޮލޮޖީ ބޭނުންކުރަން ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް އެ މަސައްކަތް ވަރަށް އަވަހަށް އާންމުންނާ ހަމައަށް ދާނެ ކަމުގެ ޔަގީންކަން ވަނީ އެ ކުންފުނީން ދީފަ އެވެ./ -- ސީއެންއެން

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު