އެޗްއާރުސީއެމްއަށް ފޮނުވި ނަންތައް ދިރާސާކުރަން ކޮމިޓީއަށް

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ---

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހަތަރު މެމްބަރުންގެ މަގާމަށް އައްޔަން ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވެވި ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެޗްއާރުސީއެމްގެ ތިން މެމްބަރުންގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ތިން މެމްބަރުން މަގާމުން ވަކިކުރަން އުޅުމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ. ދެން އޮތް މަގާމަށް އައްޔަން ކުރުމަށް ނަން ފޮނުއްވެވީ މިހާރު މަގާމުގައި ހުންނެވި މެމްބަރުގެ މަގާމުގެ މުއްދަތު ސެޕްޓެމްބަރަށް ހަމަވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވެވީ އަށް ބޭފުޅެއްގެ ނަމެވެ.

  • މަރިޔަމް ލައިޒާ، ހ. ފެހިއާލާ
  • އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ ވާދޫ
  • ޑރ އަދުހަމް އަބްދުﷲ، މއ.މާވެޔޮގެ
  • އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ، ސ. ފޭދޫ
  • ހުސައިން އަމްރު، ވ. ރޯޝަން
  • މޫމިނާ ވަހީދު، މ.ޖިއެނާ
  • އަޒްލީމާ އަހުމަދު، ދަފްތަރު ނަމްބަރު ރސ 341-94
  • މުހައްމަދު ފައުޒީ، ބަހާރުމާގެ، ގއ.ވިލިގިލީ

ރައީސް އިސްކަންދެއްވި ތަރުތީބުން އަށް ބޭފުޅެއްގެ ނަން ފޮނުވާފައިވާއިރު ދެން އެމަގާމަށް އެދި ކުރިމަތިލީ ބޭފުޅުންގެ ނަންތައްވެސް މަޖިލީހަށް ވަނީ ފޮނުއްވާފަ އެވެ.

އެޗްއާރުސީއެމްއަށް މެމްބަރުން އައްޔަނުކުރާނީ ކޮމިޓީގައި އިންޓަވިއުކޮށް ކޮމިޓީން ފާސްވާ ނަންތަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.

comment ކޮމެންޓް