މަހާތުމާ ގާނދީ ބޭނުން ކުރެއްވި އައިނެއް 340،000 ޑޮލަރަށް ވިއްކާލައިފި

ގާނދީ ބޭނުން ކުރެއްވި އައިނު --

ލަންޑަން (އޯގަސްޓް 22)--- އިންޑިއާގެ މިނިވަން ކަމުގެ ބާނީ، މަހާތުމާ ގާނދީ ބޭނުން ކުރެއްވި، ގޯލްޑް ޕެލެޓެޑް އައިނެއް 340،000 ޑޮލަރަށް އިނގިރޭސިވިލާތުގައި ވިއްކާލައިފި އެވެ.

އިނގިރޭސި ވިލާތުގައި ނީލަމުގައި ތަކެތި ވިއްކާ ތަނަކުން އެ އައިނުގެ ނީލަން ފެއްޓީ 15،000 ޕައުންޑުންނެވެ.

އެ ފާމުން ބުނީ އެ މީހުންނަށް އެ އައިނު ލިބުނީ، މީގެ ހަތަރު ހަފުތާ ކުރިން އެ ފާމްގެ ލެޓާ ބޮކްސް އަށް ލާފައި މީހަކު ފޮނުވި ޕާރުސަލްއަކުން ކަމަށެވެ. އެ ފާމަށް އެ އައިނު ފޮނުވި މީހާ އަށް އެ އައިނު ލިބުނީ އޭނާގެ ބޮޑުބޭބެގެ ފަރާތުން ކަމަށާއި އޭނާގެ ބޮޑުބޭބެ އަށް އައިނު ދިނީ ގާނދީ ކަމަށެވެ.

ގާނދީއަކީ އޭނާ ބޭނުން ކުރައްވާފައި ހުންނަ އެއްޗެތި، އޭނާ އަށް އެހީވާ މީހުންނަށާއި އަދި އެފަދަ ތަކެތި ބޭނުންވާ މީހުންނަށް ހަދިޔާ ކުރެއްވި ބޭފުޅެއް ކަމަށް މަސްދަރުތަކުން ބުނެ އެވެ.

ގާންދީ އެ އައިނު އެމީހާއާ ހަވާލުކޮށްފައި ވަނީ 1920 އާއި 1930 އާ ދެމެދު އޭނާ ދެކުނު އެފްރިކާގެ ބްރިޓިޝް ޕެޓްރޯލިއަމްގައި މަސައްކަތް ކުރަން އުޅެނިކޮށް ކަމަށް ވެސް އޮކްޝަން ހައުސް އިން ބުންޏެވެ. -- އެންޑީ ޓީވީ

comment ކޮމެންޓް