ވަރުން އާއި ސާރާގެ "ކޫލީ ނަންބަރު 1" އެމެޒޯންއަށް

ވަރުން އާއި ސާރާ: ކޫލީ ނަންބަރު 1 އަކީ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމު---

ކާމިޔާބު އެކްޓަރު ވަރުން ދަވަން އާއި ބަތަލާ ސާރާ އަލީ ޚާން އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ކޫލީ ނަންބަރު-1" އެމެޒޯން ޕްރައިމުގައި ރިލީޒްކުރާގޮތަށް ހަމަޖައްސައިފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމަށް ވިއްކާލަން ނިންމީ ކޮވިޑްއާ ގުޅިގެން އިންޑީއާގެ ސިނަމާތައް ހުޅުވާނެ ދުވަހެއް ނޭނގޭތީ އެވެ. އެހެންވެ އެ ފިލްމު ސިނަމާތަކުގައި އެޅުވުމުގެ ހިޔާލު ދޫކޮށްލައި ފިލްމު އެމެޒޯންގައި ރިލީޒްކުރާ ގޮތަށް ހަމަޖެއްސީ އެވެ. ފިލްމު އެމެޒޯންގައި ރިލީޒްކުރާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ޑޭވިޑް ދަވަން އެވެ.

"ކޫލީ ނަންބަރު 1" އަކީ ވަރުން އޭނާގެ ބައްޕަ ޑޭވިޑް ދަވަންގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. އެ ފިލްމަކީ 1995 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރީމޭކެކެވެ. "ކޫލީ ނަމްބަރު 1"ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.

comment ކޮމެންޓް