މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އެރުން އެކަށީގެންވޭ: މެޓް

ގދ. ތިނަދޫއަށް މީގެ ކުރިން އުދަ އަރާފައި --

ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ އިދާރާ އިން ބުނީ އުދަ އަރާނެ ކަމަށް ބެލެވެނީ މިއަދު މެންދުރު 14:45 އިން ފެށިގެން 18:00 އާ ދެމެދު ކަމަށެވެ.

ދިޔަވަރު ބޮޑުވާ ވަގުތުގައި ރާޅުގެ އިސްމިން އެއް ފޫޓާއި ތިން ފޫޓާ ދެމެދަށް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.

މޫސުން ކުރިއަށް ލަފަކުރާގޮތަށް ބަލާއިރު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓުން ބުނެއެވެ.

މެޓުން ބުނީ ވައި ޖެހޭނީ އާންމު ގޮތެއްގައި މަޑުން ކަމަށާއި އުތުރުގެ އަތޮޅުތަކުގައި ހުޅަނގު އުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. މިއަދު ރާއްޖޭގެ ކަނޑުތައް މަޑުވާނެ އެވެ.

އިއްޔެ ވަނީ ލ. ކުނަހަންދު އަށް ވެސް އުދައަރައިފަ އެވެ. އަދި އުދައިގެ ސަބަބުން އެރަށުގެ ދަނޑުބިންތަކަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ލިބިފަ އެވެ.

comment ކޮމެންޓް