ޓައިގާގެ "ހީރޯޕަންތީ 2"ގައި ސާރާ ނޫނީ ކެޓްރީނާ؟

ކެޓްރީނާ އާއި ސާރާ--

ޓައިގާ ޝްރޮފް ފިރިހެން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހީރޯޕަންތީ 2"ގެ ބަތަލާ ގެ ރޯލު ކުޅޭނީ ކެޓްރީނާ ކައިފް ނޫނީ ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން މި ފިލްމު ކުޅޭނީ ދިޝާ ޕާޓްނީ ކަމަށް ޚަބަރުތައް ބުނި ނަމަވެސް ފިލްމުގެ ޑައިރެކްޓަރު މިހާރު ބޭނުން ވަނީ މި ފިލްމުގައި ޓައިގާ އާއެކު ކެޓްރީނާ ނުވަރަ ސާރާ ފެނުމަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފިލްމުގެ ސީކުއަލް އިއުލާންކުރި އިރު މި ފިލްމަކީ އަންނަ އަހަރުގެ ޖުލައި 16 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ބައެއް ނޫސްތަކުން ބުނި ގޮތުގައި ޓައިގާގެ ބަތަލާއަކަށްވުމުގެ ފުރުސަތު ބޮޑީ ކެޓްރީނާއެވެ. އެއީ ކެޓްރީނާ އަކީ އެކްޝަން ފިލްމުތައް މީގެ ކުރިން ވެސް ކުޅެފައިވާ ތަރިއަކަށްވެފައި ފިލްމުގައި ޓައިގާ އާއި ކެޓްރީނާގެ ކެމިސްޓްރީ ގުޅޭނެ ކަމަށް ފިލްމުގެ ޓީމަށް ގަބޫލުކުރެވޭތީ އެވެ. ސާރާ އަދި އެކްޝަން ފިލްމެއް ކުޅެފައެއް ނުވެ އެވެ.

ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވި ފިލްމު ހީރޯޕަންތީ ވަނީ 2014 ވަނަ އަހަރު ރިލީޒްކޮށްފަ އެވެ. އެ ފިލްމުގެ ސީކުއަލެއް ހަދަން ނިންމި އިރު އެ ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެންދާނީ ޓައިގާ އެވެ. ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކްރިތީ ސެނަން އެވެ.

comment ކޮމެންޓް