ވަރުން އާއި ސާރާގެ "ކޫލީ ނަންބަރު 1" ޑިޖިޓަލްކޮށް ރިލީޒްކުރަނީ؟

މި ފިލްމަކީ ވަރުން އާއި ސާރާ އެކުގައި ކުޅޭ ފިލްމެއް--

ކާމިޔާބު އެކްޓަރު ވަރުން ދަވަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކޫލީ ނަންބަރު 1" ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރުމުގެ ވިސްނުމެއް ފިލްމުގެ ޓީމުން ގެންގުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމު ރިލީޒްކުރަން ނިންމީ މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން އިންޑިއާގެ ސިނަމާޓަށް ބަންދުކުރުމާ ގުޅިގެން އެ ފިލްމު ރިލީޒްކުރުން ފަސްކުރީ އެވެ. ފިލްމުގެ ޑައިރެކްޓަރު ޑޭވިޑް ދަވަން ބޭނުންވީ މި ފިލްމު ސިނަމާގައި އަޅުވާށެވެ. އެހެންކަމުން މި ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ވެސް މީގެ ކުރިން ވާޙަކަ ދެކެވުނެވެ. ނަމަވެސް މިހާރު މި ފިލްމު އޮންލައިންކޮށް ރިލީޒްކުރުމުގެ ވިސްނުމެއް ޑޭވިޑް ގެންގުޅެމުން އަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ.

ވަރުން އާއި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ކޫލީ ނަންބަރު 1 އަކީ ވަރުން އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. އެ ފިލްމަކީ 1995 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރީމޭކެކެވެ. 'ކޫލީ ނަމްބަރު 1'ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.

comment ކޮމެންޓް