މިސް ވޯލްޑް މަނޫޝީ އާ އެކު ވިކީ ކޯޝަލް!

މަނޫޝީ އާއި ވިކީ ކޯޝަލް---

ޒުވާން އެކްޓަރު ވިކީ ކޯޝަލް އާއެކު ފިލްމެއް ކުޅެން 2017 ވަނަ އަހަރު ރީތީގެ ރާނީއަކަށް ހޮވުނު މަނޫޝީ ޗިއްލަރު ސޮއިކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކްޓަރު ވިކީ އާއެކު މަނޫޝީ ކުޅޭނީ ޔަޝްރާޖްގެ ފިލްމެއްކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ. ވިކީ އާއެކު މި ފިލްމު ކުޅެން މަނޫޝީ ހަމަޖެއްސީ ޔަޝްރާޖް ފިލްމްސްއާ ހަވާލުވެގެން ހުރި އަދިތްޔާ ޗޯޕްރާ އެވެ. ކޮމެޑީ ޖޯންރާ އަށް ގެނެސްދޭ މި ފިލްމު ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް އެ ފިލްމު ވައިއާރްއެފަށް 50 އަހަރު ފުރުން ފާހަގަކުރާއިރު މި ފިލްމު އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ.

މި ފިލްމުން މަނޫޝީ އާއި ވިކީ އެކުގައި ފެނިގެންދާ ނަމަ މި ފިލްމުވެގެންދާނީ ދެމީހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަދި ޒުވާން ދެތަރިންނަށް ވުމުން މި ދެތަރިންގެ ކެމިސްޓްރީ ވެސް ގުޅޭނެ ކަމަށް ގިނަ ބަޔކު އިއްތިފާގުވެ އެވެ.

މަނޫޝީ ބޮލީވުޑަށް ތައާރަފްވާނީ އަކްޝޭ ކުމާރު އާއެކު ފިލްމު "ޕްރިތުވީރާޖް" އިންނެވެ.

މަނޫޝީ އަކީ މިސް ވޯލްޑް ހޯދި އިންޑިއާގެ ހަ ވަނަ ރީތީގެ ރާނީ އެވެ. އަދި މަނޫޝީ އަކީ 2000 ވަނަ އަހަރުގެ ފަހުން މިސް ވޯލްޑް ލިބުނު ފުރަތަމަ އިންޑިއާގެ ރީތީގެ ރާނީ އެވެ.

comment ކޮމެންޓް