އިޝާން އާއި އަނަންޔާގެ "ކާލީ ޕީލީ" ދައްކާނީ ޒީ5 އިން

ފިލްމުގެ މަންޒަރެއް--

ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއި އަނަންޔާ ޕާންޑޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ކާލީ ޕީލީ" ދައްކާނީ ޒީ5 އިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮވިޑްއާ ގުޅިގެން އިންޑިއާ ސިނަމާތަށް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ބޮލީވުޑް ގިނަ ފިލްމުތަކެއް އަންނަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވިއްކަމުންނެވެ. މިހާރު ޝޫޓިން ފަށާފައިވާ މި ފިލްމު ދައްކާނީ ޒީ5 އިން ކަމަށް ބުނާއިރު ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މި ފިލްމު ނެޓްފްލިކްސްއަށް ވިއްކާލުމަށް ވެސް މީގެ ކުރިން މަޝްވަރާކުރި އެވެ. ނަމަވެސް މި ފިލްމު ދައްކާނެ ޕްލެޓްފޯމެއް ކަށަވަރުވި އިރު ފިލްމުގެ ޓީމުން ނިންމީ މި ފިލްމު ޒީ5 އަށް ވިއްކާލުމަށެވެ.

މި ފިލްމު ޒީ5 އިން ދައްކާނެ ކަން ރިޕޯޓަށް ބުނި ނަމަވެސް މި ފިލްމު ރިލީޒްކުރާ ދުވަހެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ.

އެ ފިލްމަކީ އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ޒީ ސްޓޫޑިއޯ އާ އޮފްސައިޑް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ޖެއިދީޕް އަހުލްވާތު ފިލްމުގެ ވިލަން ރޯލުކުޅުމަށް ނިންމާފައިވާއިރު އެ ފިލްމަކީ ރޮމޭންޓިކް ތުރިލާއެކެވެ.

comment ކޮމެންޓް