ގައްޒާގެ މި ކެފޭއިން ރާއްޖޭގެ މާހައުލުގެ ތަޖުރިބާ

ރާއްޖޭގައި ހުންނައިރު ކުރެވޭ ފަދަ އިހުސާސުތަކެއް ލިބި ތަޖުރިބާކޮށްލެވޭ ފަދަ ހާއްސަ ކެފޭއެއް ގައްޒާގައި ހުޅުވައިފި އެވެ.

"މޯލްޑިވްސް ގައްޒާ"ގެ ނަމުގައި ދާދި ފަހުން ހުޅުވި ކެފޭ އިން ރާއްޖޭގައި ހުންނަ ފަދަ ކެފޭތަކުގެ އިހުސާސް ތަޖުރިބާކޮށްލެވެ އެވެ. އެ ހިޔާލަށް ހުޅުވި ކެފޭ ވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.

ގައްޒާ ދޫކޮށް ދުވަހަކުވެސް ރާއްޖެއަށް އައިސްފައި ނުވާ ފަރާތްތަކަށް ރާއްޖޭގެ އިހުސާސް ގެނުވައި ރާއްޖެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ އެ ކެފޭ ހުޅުވުމާއެކު ލިބިގެން ގޮސްފަ އެވެ.

ޖުމްލަ 140 ސްކުއޭ މައިލްގެ ސަރަހައްދެއްގައި ހަދާފައިވާ އެ ކެފޭ ހުންނަނީ މޫދާ ގާތުގަ އެވެ. އަދި ރާޅު ޖަހާ ހިސާބުގައި ތިން ބުރިއަށް ނަގާފައި ހުރި އެ ކެފޭއަކީ ރާއްޖޭގެ ރެސްޓޯރެންޓުތަކުގެ އިހުސާސްތައް ގެނުވައިދިނުމަށް ތައްޔާރުކޮށްފައިވާ ކެފޭއެކެވެ. އެގޮތުން އެ ކެފޭއިން ކަނޑާއި ރާޅު ޖަހާ މަންޒަރު ގާތުން ފެނިގެންދެ އެވެ.

އެ ކެފޭ އިން ލިބެން ހުންނަނީ، ވަގުތުން ހިފާފައި ހުންނަ ތާޒާ އަދި ތަފާތު ވައްތަރުގެ މަހުން ތައްޔާރުކޮށްފައިވާ ކެއުންތަކާއި ތާޒާ މޭވާގެ ޖޫސްތަކެވެ.

"ހަމަ ހީވަނީ މި ތިބެވެނީ ރާއްޖޭގައި ހެން. މިތަނާއި ވަށައިގެން ފެންނަން އޮންނަ މޫދާއި އަދި މާހައުލުގެ އިތުރުން މިތަނުން ލިބެން ހުންނަ އެއްޗެހިންވެސް ހަމަ ހީވަނީ ރާއްޖޭގައި ތިބެވޭހެން،" މޯލްޑިވްސް ގައްޒާއަށް ދިޔަ އަންހެނުންގެ ގްރޫޕަކުން ބުންޏެވެ.

އެ ތަން ބަލާ ބެލުމަށްވެސް ހީވަނީ ދިވެހި ރާއްޖެހެން ކަމަށް އެމީހުން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ އިތުރުން އެހެން ގައުމުތައް ރަމްޒުކޮށްދޭ ތަފާތު އެކި ރެސްޓޯރެންޓާއި ކެފޭތައް އެ ސަރަހައްދުގައި ހުރެެ އެވެ. އެގޮތުން "މާބެލާ" ނަމަކަށް ކިޔާ ކެފޭއަކުން ދުބާއިގެ ރަހަތައް ތަޖުރިބާކޮށްލެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު