"ދަ ބިގް ބުލް"ގައި އިލިއާނާ ފެނިގެންދާ ގޮތް ދައްކާލައިފި

ދަ ބިގް ބުލް ގައި އިލިއާނާ ފެނިގެންދާ ގޮތް--

ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބު ބައްޗަންގެ ދަރިފުޅު އެކްޓަރު އަބީޝޭކް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ދަ ބިގް ބުލް"ގައި ފިލްމުގެ އަންހެން ލީޑު ތަރި އިލިއާނާ ޑި ކްރޫޒް ފެނިގެންދާ ގޮތް ދައްކާލައިފި އެވެ.

އިލިއާނާ ފެނިގެންދާ ގޮތުގެ ފަސްޓްލުކް ދައްކާލި އިރު އިލިއާނާ ބުނީ މި ފިލްމުގެ ހިއްސާއަކަށްވުމުން އުފާވާ ކަމަށާއި އަބީޝޭކް އާއި އަޖޭ ދޭވްގަން ފަދަ ވަރުގަދަ ތަރިންނާއެކު މަސައްކަތްކުރަން ލިބުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. މި ފިލްމަކީ ކޫކީ ގުލާޓީ ޑައިރެކްޓްކުރާ ފިލްމެކެވެ.

އެ ފިލްމުގައި ކިޔާދޭނީ އިންޑިއާގެ ވިޔަފާރީގެ ބާޒާރުގައި ހަރުޝަދު މެހެތާ ކިޔާ ހިންގާފައިވާ ޖަރީމާތަކެއްގެ ވާހަކަ އެވެ. މި ފިލްމަކީ ފައިނޭންޝަލް ކްރައިމް ޑްރާމާއެކެވެ. މި ފިލްމަކީ އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކާއި ނުވައިދިހައިގެ ކުރީކޮޅު ދިމާވި ކަންތައްތަކެއް މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ..

މި ފިލްމު ރިލީޒްކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

comment ކޮމެންޓް