ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފައިސާތަކެއް ފޭރިއްޖެ

ފުލުހުން އަމީނީ މަގު ވިޔަފާރިވެރިން މިސްކިތް ކައިރީ ހަރަކާތްތެރިވަމުން ދަނީ

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެއްޖެއެވެ.

ފުލުހުން ބުނީ އަމީނީމަގު ވިޔަފާރިވެރިންގެ މިސްކިތް ކައިރީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް މައްސަލަ މިރޭ 22:34 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަމަލާދީފައިވަނީ ދެ ސައިކަލެއްގައި ދިޔަ ބަޔެއް ކަމަށެވެ.

ޒަހަމްވި މީހާާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން އަމީނީ މަގު ވިޔަފާރިވެރިން މިސްކިތް ކައިރީ ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް