ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނު އުރީދޫ އިން ރާއްޖެއަށް

ސެމްސަންގްގެ ގެލެކްސީ ޒެޑް ފްލިޕް، ރާއްޖެއަށް ތައާރަފްކުރުން --

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގްގެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް، ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އުރީދޫ އިން ބުނީ ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭގޮތަށް އުފައްދާފައިވާ މޮޅު ފޯނެއް ކަމަށެވެ.

ޑުއަލް ބެޓެރީއާއެކު ފަރުމާކޮށްފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާއިރު، ފޯލްޑަބަލް ފީޗާ އާއެކު ފޮޓޯ ނަގާ މީހުންނަށްވެސް ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނެގުމަށް މިއީ ރަނގަޅު ފޯނެއް ކަމަށް އުރީދޫ އިން ބުންޏެވެ.

ސެމްސަންގް ޒެޑް ފްލިޕް އެންމެ ފުރިހަމަ އަގުގައި އުރީދޫ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް މިހާރު ގަނެވޭނެއެވެ.

ހާއްސަ އޮފާއެއްގެ ދަށުން ކޮންމެ ފޯނަކާއި އެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2.02 ޖީބީ ހިލޭ ޑޭޓާ މިއަހަރުގެ ނިޔަލަށް ލިބޭނެއެވެ.

މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް މިރާ ޕާޕަލް ފޯނު 22،699 ރުފިޔާ އަށް ލިބޭނެއެވެ. މިއީ 256 ޖީބީގެ ފޯނެކެވެ.

ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް، މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.

comment ކޮމެންޓް