އެފްއެސްއެމްގެ ދެ ޕެޓްރޯލް ޝެޑަކުން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލަނީ

އެފްއެސްއެމް ގެ ޕެޓްރޯލް ޝެޑެއް --ސަން ފޮޓޯ/މުހައްމަދު އަފްރާހް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ދެ ޕެޓްރޯލް ޝެޑަކުން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލަން ނިންމައިފިއެވެ.

އެފްއެސްއެމް އިން ބުނީ އޮގަސްޓް 17 ވާ ހޯމަ ދުވަހުން ފެށިގެން ކާނިވާ ސަރަހައްދުގައި ހުންނަ އީޒީފިލް 2 އަދި އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އީޒީ ފިލް4 އިން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން ކަމަށެވެ.

ނަމަވެސް ސްޓެލްކޯ ސަރަހައްދުގައި ހުންނަ އީޒީފިލް1 އަދި ހުޅުމާލޭގައި ހުންނަ އީޒީފިލް3 އަށް ކާޑުން އަދި ނަގުދު ފައިސާ އިން ފައިސާ ދެއްކޭނެ ކަމަށް ބުނެފައިވެއެވެ.

މި ބަދަލު ގެނައީ ކޮވިޑް19 އާއި ގުޅިގެން އެޗްޕީއޭގެ ލަފައާއި އެއްގޮތަށް ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފްއެސްއެމްގެ ޕެޓްރޯލު ޝެޑުތަކަށް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސީ މެއި މަހުގެ ތެރޭގައެވެ.

comment ކޮމެންޓް