ނައިފަރު މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ޅ. ނައިފަރާއި މާލެ އާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ އެވެ.

ނައިފަރު ކައުންސިލްގެ މެންބަރު ވިދާދު އަބްދުﷲ މިއަދު "ސަން" އަށް ވިދާޅުވީ ބޯޓުގައި އުޅޭ ބިދޭސީ މީހާ ހުރީ ހޯމް ކަރަންޓީނުގައި ނޫން ކަމަށާއި އޭނާގެ ކިބައިން ބަލީގެ އަލާމަތްތައް ފެނިގެން ހޯމް ކަރަންޓީނު ކުރީ ކަމަށެވެ.

"ތިން ދުވަސް ވެއްޖެ ހޯމް ކަރަންޓީނަށް ލީ. ހޯމް ކަރަންޓީނު ކޮށްފައި ނެގި ސާމްޕަލް ޕޮޒިޓިވްވީ،" ވިދާދު ވިދާޅުވި އެވެ.

ވިދާދު ވިދާޅުވީ އެ ބޯޓު މިވަގުތު އޮތީ މާލޭގައި ކަމަށެވެ.

ބިދޭސީ މީހާ ޕޮޒިޓިވް ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް