ނ. ހެނބަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 71 ޕަސެންޓް ނިމިއްޖެ އެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތުގެ 78 ޕަސެންޓް މަސައްކަތް ނިންމާއި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 64 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 44،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި އަަދި 25 މީޓަރުގެ ސަރަޙައްްދެއްގައި ނިއު ގްރޯންސް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.
އަދި 1,1015 ސްކޮއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެ މަޝްރޫއަށް 26.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 12 ސެޕްޓެމްބަރު 2019 ގަ އެވެ.