ޑިއުޓީ ކުޑަކުރުމާއެކު ރެޑްވޭވުން މޮލްފިކްސް ޑައިޕާސްގެ އަގުހެޔޮކޮށްފި

މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާސްގެ އަގު ހެޔޮކޮށްފި

ކުރިން ބޮޑު ޑިއުޓީއެއް ނަގަމުން އައި ޑައިޕާސްއިން އިން ޑިއުޓީ ކަނޑާލުމާ އެކު، ރެޑްވޭވުން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ މޮލްފިކްސް ބްރޭންޑުގެ ޑައިޕާސްގެ އަގު މިހާރު ހެޔޮވާނެ ކަމަށް ރެޑްވޭވުން ބުނެފި އެވެ.

ރެޑްވޭވުން ބުނީ މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާސްގެ އަގަށް ހެޔޮ ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ރީޓެއިލް އަގުން 30 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުން އަގު ހެޔޮކޮށްފައިވާ އިރު މޮލްފިކްސްގެ ހޯލްސޭލް އަގުން 10 ޕަސެންޓާއި އާއި 20 ޕަސެންޓާ ދެމެދުން ވަނީ އަގުހެޔޮ ކޮށްފަ އެވެ.

މޮލްފިކްސް ބްރޭންޑަކީ ދުނިޔޭގައި ނަންހިނގާ، ރާއްޖޭގެ މާކެޓުގައި ހުރި އެހެން ބްރޭންޑްތަކާއި ހިލާފަށް، ސީދާ ޔޫރަޕުން ރާއްޖެއަށް ގެނެސް ވިއްކަމުންދާ، ކޮލިޓީ ނެޕީ ބްރޭންޑެއް ކަމަށް ރެޑްވޭވުން ބުންޏެވެ.

މޮލްފިކްސް ޑައިޕާސް އަކީ ތުއްތު ދަރިފުޅުގެ ނާޒުކު ހަންގަނޑާއި އެންމެ އެކަށީގެންވާ ފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ނެޕީ އެއް ކަމަށާއި އެގޮތުން، ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައިގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދެއެވެ. މީގެ އިތުރުން މޮލްފިކްސް ޕޭންޓްސް އަދި ޑައިޕާ ގައި ނެޕީ ފޯވިކަން އަންގައިދޭ، ކުލަބަދަލުވާ "ވެޓްނަސް އިންޑިކޭޓާރ" ލައިނެއް ހިމެނެ އެވެ.

ރެޑްވޭވުންބުނީ އެކުންފުންޏަކީ އަބަދުވެސް ބާޒާރުގެ އަގަށް އަންނަ ހެޔޮބަދަލުތައް، ވިއްކާމުދަލުން ކަސްޓަމަރުންނާއި ހިސާބަށް ގެނެސްދެމުން އަންނަ ކުންފުންޏެއް ކަމަށެވެ.

މޮލްފިކްސް ބްރޭންޑުގެ ނެޕީގެ އަގުތަކާއި ބަހޭ އިތުރު މައުލޫމާތު ރެޑްވޭވްގެ ވެބްސައިޓް www.redwave.mv އަދި ރެޑްވޭވް ހޯލްސޭލްގެ ނަމްބަރު 9890099 އަދި 9194499 އިން ލިބޭނެއެވެ.

comment ކޮމެންޓް