ކުރީގެ ފަސްޓްލޭޑީ ނަސްރީނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބާއްވަން އުޅުނު ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސް އެޅުމުން، ޝީ ބިލްޑިންގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލްގައި ނަސްރީނާ އެޑްމިޓްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި އެކަމަނާ ހޮސްޕިޓަލަށް ގެންދެވީ އީދު ޗުއްޓީ ހޭދަކުރެއްވުމަށްޓަކައި އާއިލާއާ އެކު ރިސޯޓެއްގައި ހުންނަވަނިކޮށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެންނެވެ.

ނަސްރީނާއަށް ފަރުވާ ދެމުންދަނީ ކޮވިޑް-19 އާ ގުޅިގެން ނޫނެވެ. ނަމަވެސް އާންމު އުސޫލުގެ މަތިން އެކަމަނާ ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ. އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސްރީނާއަށް ހެޔޮދުއާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށެވެ.

comment ކޮމެންޓް