ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ ކަޅުފޮށި ފެނިއްޖެ

އިންޑިއާގެ ބޯޓު ވެއްޓިފައި--

އިންޑިއާގެ ކެރެއްލާގެ ކޮޒްކިހަކޯޑް އެއާޕޯޓްގެ ރަންވޭ ކައިރިން ކަހާލައިގެން ވެއްޓުނު ބޯޓުގެ ކަޅުފޮށި ފެނިއްޖެ އެވެ.

ދުބާއީއިން ކެރެއްލާއަށް އައިސް ޖައްސަން އުޅުނު އެއާ އިންޑިއާ އެކްސްޕްރެސްގެ ބޯޓު ރަންވޭ ކައިރިން ކަހާލައިގެން ވެއްޓުނީ މޫސުން ގޯސްވެގެންނެވެ.

ބޯޓުން 190 މީހުން ދަތުރުކުރިއިރު އެ ހާދިސާގައި 18 މީހުން ވަނީ މަރުވެފަ އެވެ.

ފާއިތުވި 10 އަހަރު ތެރޭވެސް ބޯޓު ވެއްޓުމުގެ އެފަދަ ބޮޑު ހާދިސާއެއް އިންޑިއާގައި ކުރިމަތިވެފައެއް ނުވެ އެެވެ.

އެ ފްލައިޓަކީި ކޮރޯނާ ވައިރަހާ ގުޅިގެން ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އެނބުރި ގައުމަށް ގެނައުމަށް ބޭއްވި ޕްލައިޓެކެވެ. އޭގެ ތެރޭގައި ވޯކް ވިސާ ހަމަވެ އަދި ވަޒީފާ ގެއްލުން އިންޑިއާގެ ރައްޔިތުންވެސް ހިމެނެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނީ ވިއްސާރަވުމުގެ ސަބަބުން ޕައިލެޓްއަށް ރަންވޭ ރަނގަޅަށް ނުފެނުނީ ކަމަށާއި އަދި ބޯޓު ޖެއްސުނީ ރަންވާއާ މާދުރުން ޓެކްސީވޭއަަކަށް ކަމަށެެވެ. އަދި އެ ހާދިސާގައި ކައްސާލައިގެން ގޮސް ތަނަކަށް ޖެހި ބޯޓު ވަނީ ދެބުރިވެފަ އެވެ.

އެ ހާދިސާގައި ބޯޓުގައި ތިބި ދެ ޕައިލެޓުންވެސް މަރުވެފައިވާއިރު މިހާރުވެސް 150 ފަސެންޖަރުންނަަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާގައި ބޯޓުން ތެޔޮ ލީކުވެ ނަސީބަކުން އަލިފާނެެއް ނުހިފި އެވެ.-- ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް