ސީޑްސްޓާސްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް

ދިރާގާއި ސްޕާކްހަބް ގުޅިގެން އޮންލައިން ސީޑްސްޓާސް ވޯލްޑް (އެސްއެސްޑަބްލިޔު) ކޮމްޕެޓިޝަން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

އޮންލައިންކޮށް ބާއްވާ ސީޑްސްޓާ ވޯލްޑް ކޮމްޕެޓިޝަން އަކީ ސްވިޒަލޭންޑްގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ސީޑްސްޓާސް އިން އިންތިޒާމު ކުރާ ހަރަކާތެކެވެ. ރާއްޖޭގެ ޓެކް ބޭސްޑް ސްޓާޓް އަޕް ބިޒްނަސްތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ދިރާގުން ބުނީ ސީޑްސްޓާސް ވޯލްޑް - މޯލްޑިވްސްގެ އެއްވަނަ އަށް ގްލޯބަލް މެންޓަރިން ފުރުސަތުތައް ލިބޭނެ ކަމަށެވެ. އަދި ސީޑްސްޓާސް އިން ދޭ 50،000 ޑޮލަރުގެ ގްރޯތް ޕްރޮގްރާމް އިންވެސްޓްމެންޓުގެ ފުރުސަތު ލިބޭ 10 ސްޓާޓްއަޕްގެ ތެރޭ ހިމެނުމުގެ ފުރުސަތުވެސް ލިބޭނެއެވެ. މީގެ އިތުރުން ގްލޯބަލް ވިނާ އިންވެސްޓްމެނޓް ޕްރައިޒްގެ ގޮތުގައި ލިބޭ 500،000 ޑޮލަރަށް ވާދަކުރުމުގެ ފުރުސަތުވެސް އެ ވިޔަފާރިއަށް ލިބޭނެއެވެ.

މި މުބާރާތަކީ ޓެކްނޮލަޖީ ސްޓާޓްއަޕްތަކަށާއި ޓެކް އެނޭބްލްޑް ވިޔަފާރިތަކަށް އޮތް ފަހި ފުރުސަތެކެވެ. މިބާރާތުގައި ވާދަކުރާ ވިޔަފާރިއަކީ މިނިމަމް ވަޔަބްލް ޕްރޮޑަކްޓެއް (އެމްވީޕީ) އޮތް އެ ބޭނުންކުރާ ކަސްޓަމަރުން ތިބި އަދި މިހާރުވެސް އޮޕަރޭޝަން ކުރިއަށްގެންދާ ކުންފުންޏަކަށް ވާންޖެހެއެވެ. އަދި ފާއިތުވެ ދިޔަ ތަނުގައި އެއް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް އެ ވިޔަފާރިއަކަށް ކޮށްފައިވާ ވިޔަފާރިއަކަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ސީޑްސްޓާސްގެ ކޯ ފައުންޑާ ޕިޔާ އަަލަން މޭސަން ސީޑްސްޓާށް ވޯލްޑް ކޮމްޕެޓިޝަންގައި ބައިވެިރވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ކުރިއަށް ދިޔުމަށް ވިޔަފށރިތަކަށް އެހީތެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ،

ައޮކޮންމެ އަހަރަކުވެސް ސީޑްސްޓާސް އިން އެމާޖިން މާކެޓްތަކުގެ އެންމެ ރަނގަޅު ސްޓާޓްއަޕްޔައް ހޮވައި، ގްލޯބަލް ކޮމިޔުނިޓީ އާއި ގުޅުވައިދެއެވެ. ،ިހާރުވެސް 94 ސިޓީއެއްގައި މި ޕްރޮގްރާމު ކުރިއަށްގެންދާއިރު 15 އޮގަސްޓާއި ހަމައަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ސީޑްސްޓާސް އިން ބުނީ މި ޕްރޮގްރާމުގައި 1،800 އަށް ވުރެ ގިނަ ސްޓާޓްއަޕްސް އަށް ޓްރެއިނިން ދޭނެ ކަމަށާޢި ކޮންމެ ސިޓީއަކުންވެސް އެއް ކުންފުންޏާއެކު ރީޖަނަލް ކޮމްޕެޓިޝަން ކުރިއަށްދާނެ ކަމަށެވެ. ކޮންމެ ރީޖަން އަކުންވެސް ހޮވޭ އެއް ސްޓާޓްއަޕްއެއް ގްރޭންޑް ފިނާލޭގައި ވާދަކުރާއިރު ގްރޭންޑް ފިނާލޭ އޮންނާނީ 2021 އޭޕްރީލްގައެވެ.

ދިވެހި ސްޓާޓް އަޕްތަކަށް މި ޕްރޮގްރާ،މުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދިރާގުގެެ ޑިރެކްޓާ ކޯޕަރޭޓް އެފެއާޒް އާތިފާ އަލީ ވިދާޅުވީ ރާއްޖޭގެ ގިނަ ޓެކް ސްޓާޓް އަޕް ކުންފުނިތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރާ ކަަމަށެވެ.

ސީޑްސްޓާސް ޕްރޮގްރާމުގައި ރެޖިސްޓްރީ ވުމަށް:

https://www.seedstarsworld.com/event/seedstars-city-2020/

comment ކޮމެންޓް