ހުޅުުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރާގައި މިނީ ސޯގެ "ޝޮޕް އިން ޝޮޕް" އެއް ހުޅުވައިފި އެވެ.
ޖަޕާނުގެ މަޝްހޫރު ޑިޒައިނާ ބްރޭންޑް މިނީސޯގެ އައުޓްލެޓެއް މާލޭގައި ހުޅުވީ މިދިޔަ މަހުއެވެ. ސޮނީ އިން ބުނީ ޑިޕާޓްމެންޓް ސްޓޯ ކޮންސެޕްޓަށް ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރައިން މިނީސޯގެ އުފެއްދުންތައް ލިބޭނެ ކަމަށެވެ.
އޯޕެނިން ޑިސްކައުންޓެއްގެ ގޮތުގައި މިނީސޯގެ ހުރިހާ އުފެއްދުމަކުން 10 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާއިރު މިއަދުގެ ނިޔަލަށް މި ޑިސްކައުންޓް އަގުތަކުގައި މިނީސޯގެ އުފެއްދުންތައް ހުޅުމާލޭގެ ސޮނީ ފިހާރައިން ލިބޭނެއެވެ.
މީގެ އިތުރުން ހުޅުމާލޭ ސޮނީ ފިހާރައިން ވިއްކާ ހޯމް އިމްޕްރޫމްވެމްޓް އައިޓަމްތަކުގެ ތެރެއިން ހޮވާލެވޭ އައިޓަމްތަކުންވެސް 10 ޕަސެންޓް ޑިސްކައުންޓް ދޭނެއެވެ.
" ހުޅުމާލޭ ކަސްޓަމަރުންނަށް މިނީ ސޯގެ ޕްރޮޑަކްޓްތަކަށް ފަސޭހައިން އެކްސެސް ވެވޭނެ ގޮތެއް ހެދުން މީގެ ބޭނުމަކީ. މިހާރުވެސް މާލޭ އައުޓްލެޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަސްޓަމަރުންގެ ފަރާތުން،" މިނީ ސޯގެ ޝޮޕް އިން ޝޮޕް އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވުމާ ގުޅޭގޮތުން ސޮނީ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.
މިނީސޯ މޯލްޑިވްސް އިން ވިއްކާ ބައެއް ތަކެތީގެ ތެރޭގައި ދަބަސް، އިލެކްޓްރޯނިކްސް، އިލެކްޓްރިކަލް އެޕްލަޔަންސް، ޓެކްސްޓައިލް، ކުޑަކުދިންގެ ކުޅޭ ސާމާނު ހިމެނެ އެވެ.
މީގެ އިތުރުން ކޮސްމެޓިކްސް، ސްކިންކެއާ ޕްރޮޑަކްޓްސް އަދި މޭކަޕް ޓޫލްސް ވެސް މިނީސޯ މޯލްޑިވްސްއިން ލިބޭނެ އެވެ. އަދި އެ ފިހާރައިގެ ލައިފް ޑިޕާޓްމަންޓުން ބަދިގެއަށާއި ފާހާނާއަށް ބޭނުންވާ ސާމާނުގެ އިތުރުން ފެބްރިކް އޯގަނައިޒާ ފަދަ ތަކެތި ވެސް ލިބޭނެ އެވެ.
މިނީސޯއަކީ ޖަޕާނުގެ ޑިޒައިނަރު މިޔާކޭ ޖުންޔާ އާއި ޗައިނާގެ ޒުވާން ވިޔަފާރިވެރިޔާ ޔޭ ގޯފޫ ގުޅިގެން އުފެއްދި ކުންފުންޏެކެވެ. މިނީސޯގެ އުފެއްދުންތައް ދަމަހައްޓަމުން އައިސްފައިވަނީ މޮޅު ޑިޒައިނަކާއި ގިނަ ދުވަހު ހިފަހައްޓާ ގޮތަށެވެ.
މިނީސޯ ހުޅުވި ފަހުން ޗައިނާ މާކެޓަށް ވިޔަފާރި ފުޅާކޮށްފައި ވަނީ 2013 ވަނަ އަހަރުގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ދުނިޔޭގެ އެކި ގައުމުތަކުގައި މިނީސޯގެ 3900 ފިހާރަ ވަނީ ހުޅުވާފަ އެވެ. އެގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ރަޝިއާ، ޔޫއޭއީ އަދި ސިންގަޕޫރު ހިމެނެ އެވެ.