ޓްރާންސްޕޯޓު އޮތޯރިޓީ ކުރީގެ ސްޓާ ސިނަމާއަށް ބަދަލުކޮށްފި

ހުރަވީ ބިލްޑިންގް

އީދު ބަންދަށްފަހު ސަރުކާރު ހުޅުވާއިރު ޓްރާންސްޕޯޓު އޮތޯރިޓީ ހިންގާނީ ކުރީގެ ސްޓާ ސިނަމާ (މ. ޗަނބޭލީ ވިލާ) ގެ ފުރަތަމަ ފަންގިފިލާގައި ކަމަށް އެ އޮތޯރިޓީ އިން ބުނެފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ މިހާތަނަށް ހިންގަމުން ދިޔައީ ހުރަވީ ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައެވެ. ނަމަވެސް ބާވެ ދުވަސްވުމުގެ ސަބަބުން އެ އިމާރާތަށް ގެއްލުންވެ، ހަލާކުވުމުގެ ސަބަބުން ސަރުކާރުން ނިންމާފައި އޮތީ އިމާރާތް ތަޅާލުމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ކުރި އިއުލާނެއްގަިއ ބުނީ ދެން އަންނަ އަންގާރަ ދުވަހުން ފެށިގެން އެ އޮތޯރިޓީ ހިގަމުންދާނީ މ.ޗަނބޭލީވިލާ (ކުރީގެ ސްޓަރ ސިނަމާ) ގެ ފުރަތަމަ ފަންގިފިލާ ގައި ކަމަށެވެ.

އެ އިމާރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިދާރާވެސް ހިންގަމުން އަންނަ އިމާރާތެކެވެ.

ބާވެ ހަލާކުވުމުގެ ސަބަބުން ހުރަވީ ބިލްޑިން ތަޅާލަން ނިންމި ނަމަވެސް އެކަން ލަސްވެފައި އޮތީ، އެތަނުގައި ހިންގާ އޮފީސްތައް ބަދަލުކުރާނެ އޮފީސް އިމާރާތްތައް ހަމަނުޖެހޭތީއެވެ.

ހުރަވީ ބިލްޑިން ގިނަ ދުވަސްވެ ބާވުމުގެ ސަބަބުން މީގެ ކުރިންވެސް އެ އިމާރާތުގެ ބައިތައް ވެއްޓިފައިވެ އެވެ. ނަމަވެސް އިމާރާތް އެއްކޮށް ތަޅާނުލައި އެތަނުގެ ބޭނުން ކުރަނީ ހަލާކުވާ ތަންތަން މަރާމާތު ކޮށްގެންނެވެ.

ގާތްގަނޑަކަށް 33 އަހަރުވީ އެ އިމާރާތް ތަޅާލާފައި އެތަނުގައި ޕާކިން ފެސިލިޓާ ގާއިމް ކުރުމަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ނިންމި އެވެ.

comment ކޮމެންޓް